ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ހަމަލާދިން ކަމަށް ބެލެވޭ 4 މީހަކު ވަނީ ދެނެގަނެވިފައި: ހަމީދު

ރައީސް ނަޝީދުގެ ގެކޮޅު ގ. ކެނެރީގޭ ކައިރީ ފުލުހުންގެ ފޮރެންސިކުން ހަރަކާތްތެރިވަނީ— ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ނަޝީދަށް ހަމަލާދިން ކަމަށް ބެލެވޭ 4 މީހަކު ވަނީ ދެނެގަނެވިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހަމީދު ވިދާޅުވީ ހަމަލާ ދިން ސަރަހައްދުން ބައެއް މީހުން ޝައްކުވާ ގޮތަކަށް އަމަލުތައް ހުރެގެން ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ.

ސީޕީ ވިދާޅުވި ގޮތުގައި ޝައްކު ކުރެވޭ މީހުންގެ ހަރަކާތްތައް ބެލި، އެމީހުންނަށް ފުރައިގެން ނުދެވޭނެހެން އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުން ކަމަށާއި ބަޔަކަށް ޝައްކު ކުރެވުނު ނަމަވެސް މީހަކު ހައްޔަރު ކުރެވޭނީ އެމީހުންގެ މައްޗަށް ހެކިތަކެއް ހޯދިގެން ކަމަަށެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލް އާއި ގުޅިގެން އެމީހުންގެ މައްޗަށް ތަހުގީގު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ ފުލުހުންގެ އެންމެ ޓޮޕް ޕްރިއޯރިޓީ ދީފައިވާ ކޭސްގެ ގޮތުގައި ރައީސް ނަޝީދަށް ދެވުނު ހަމަލާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި، ހަމަލާގައި ބައިވެރިވި ކަމަށް ޝައްކު ކުރެވުނު 4 މީހުންނަށް ޝައްކު ކުރެވިފައިވަނީ ހަމަލާ ދެވުނު ސަރަހައްދުގައި އެމީހުންގެ އަމަލުތައް ހުރި ގޮތުން ކަމަށެވެ. ނަމަވެސް އެ މީހުންނާ ބެހޭ އެއްވެސް ތަފްސީލެއް ނުދެއެވެ.

ރޭގައި ދިން ފަދަ ހަމަލާއެއް ދިނުމުގެ ގާބިލްކަން ލިބިފައި ތިބި ބަޔަކު މުޖުތަމައުގެ ތެރޭގައި އަދިވެސް އެބަތިބި ކަމުގައިވެސް ސީޕީ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ހާމަ ކުރަންޖެހޭ އިތުރު މައުލޫމާތު ފަހުން ހާމަ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: