ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާއާ ގުޅޭ އިންޓެލިޖެންސް އިންޕުޓް އެއް ލިބިފައެއް ނެތް: ހަމީދު

ރައީސް ނަޝީދުގެ ގެކޮޅު ގ. ކެނެރީގޭ ކައިރީ ފުލުހުންގެ ފޮރެންސިކުން ހަރަކާތްތެރިވަނީ— ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާއާ ގުޅޭ އިންޓެލިޖެންސް އިންޕުޓް އެއް ލިބިފައެއް ނެތް ކަމަށް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހަމަލާއާ ގުޅިގެން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންނަށް ރޭގެ ހަމަލާއާއި ގުޅޭ އިންޓެލިޖެންސް އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން ކުރިން ހިއްސާކޮށްފައި ނުވާ ކަމަށާއި ނަމަވެސް އިންޓެލިޖެންސް މައުލޫމާތު ލިބުމުގައި ހުއްޓުމެއް ނެތްކަމަަށެވެ.

ސީޕީ ވިދާޅުވީ ތަހުގީގުގައި ފުލުހުންނަށް ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުން ކުރާނެ ކަމަށާއި އެގޮތުން މައްސަލައިގެ ތަހުގީގަށް 400 އާ ގާތް ކުރާ އަދަދަކަށް ފުލުހުން ބައިވެރިވާ ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ރޭ އިއުލާންކުރެއްވި ގޮތަށް އޮސްޓްރޭލިއާގެ ފެޑަރަލް ޕޮލިސްގެ ބޭފުޅުން މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރޭގެ ހަމަލާ އަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ވިޔަސް ސީޕީ ހަމީދު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭ ހާލަތެއް ނެތެވެ. އެގޮތުން ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް އަޅައި، ސިފައިންނާއި ފުލުހުންގެ އޮޕަރޭޝަން ލެވެލް މަތި ކުރެވިފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ ރޭގެ މައުލޫމާތާ ގުޅިގެން ފުލުހުންގެ ތަހުގީގުގައި ހަމަލާއާއި ގުޅުންހުރި ކަމަށް ބެލެވޭ ހަތަރު މީހަކު ފާހަގަކުރެވިފައިވާތީ އެމީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: