ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިތަށް އަރާ އެމްއެންޑީއެފް އެއްވެސް މީހަކަަށް ހަމަލާގެ ހިލަމެއް ނުވީ ކީއްވެބާއޭ: ނަޝީދުގެ ދަރިކަނބަލުން

ނަޝީދުގެ ދަރިކަނބަލުން މީރާ(ކ) އަދި ނަޝީދު—
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާގައި ގޮއްވާލި ބޮން ހަދައި އެތަނުގައި ބޭއްވިކަން އާއްމު ރައްޔިތުންގެ ތެރެއިން މީހަކަށް ހިލަމެއް ނުވީ ކީއްވެތޯ ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ސުވާލު އުފެއްދެވުމުން ނަޝީދުގެ ދަރިކަނބަލުން މީރާ ނަޝީދު ރައްދު ދެއްވައިފިއެވެ.

ރޭ ގައުމީ ދިފާއީ ބާރު އެމްއެންޑީއެފްއިން ބޭއްވި ނޫސް ކޮންފަރެންސްގައި ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ރައީސް ނަޝީދަށްވެސް އަދި އެހެން މީހަކަށް އަމާޒުކޮށްވެސް މިފަދަ ހަމަލާއެއްދޭން އުޅޭކަން އެނގުނު ނަމަ އެކަން ހުއްޓުވާނެކަމަށެވެ. އަދި މިފަދަ އައިޑީއެއް ހަދައި، އެޑިވައިސް ތަނެއްގައި ބައިންދާ ހަދާ އިރު އެކަން އާއްމު ރައްޔިތަކަށް ހިލަމެއް ނުވޭތޯ ހިތައް އަރާކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

“އަޅުގަނޑު ހިތަށް އަރާ މިފަދަ ޑިވައިސެއް ހަދާ، އައިއީޑީއެއް ހަދާ، ތަނެއްގައި ބައިންދާ މިހުރިހާ ކަމެއް ކުރިއިރު ހަމަ އެއްވެސް އާއްމު ރައްޔިތަކަށް ނުވަތަ ބޭފުޅަކަށް ހިލަމެއް ނުވަތަ ހުވަމެއްވެސް ނުވޭބާއޭ” ޒަކައްރިޔާ މަންސޫރު ވިދާޅުވިއެވެ.

ޒަކަރިއްޔާ މަންސޫރަށް ރައްދު ދެއްވާ މީރާ ކުރެއްވި ޓްވީޓެއްގައި ބުނީ އެމްއެންޑީއެފް އެއްވެސް މީހަކަަށް ހަމަލާގެ ހިލަމެއް ނުވީ ކީއްވެބާއޭ ހިތަަށް އަރާ ކަމަށެވެ.

“އަހަރެނަށް އެނގޭ އޭނަ[ޒަކަރިއްޔާ މަންސޫރު] އެ ވިދާޅުވަނީ ކޮންމެސްތާކު ހުރި ކޮންމެސް މީހަކަށް ކޮންމެވެސް އެއްޗެއް އެނގޭނެ ވާހަކަކަން. އެކަމަކު އިންޓެލިޖެންސްއަށް އެއްވެސް ކަމެއް ނޭނގެން މިއީ މާ ހައި ޕްރޮފައިލް ކޭސްއެއް ނޫންތަ؟” މީރާ ބުންޏެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާގައި އެމަނިކުފާނަށް ސީރިއަސް އަނިޔާތަކެއް ލިބި އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ އިރު އެމަނިކުފާންގެ ތިން ބޮޑީގާޑުންނަށްވެސް ވަނީ އަނިޔާވެފައެވެ. ނަމަވެސް ފަރުވާއަށް ފަހު އެތިން ސިފައިންވެސް ވަނީ ދޫކޮށްލާފައެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާއަށް ފަހު ފުލުހުންނާއި ސިފައިން ވަނީ ވަކިން ދެ ނޫސް ކޮންފަރެންސް ބާއްވާފައެވެ. އެ ދެ ނޫސް ކޮންފަރެންސްގައި ފުލުހުންވެސް އަދި އެމްއެެންޑީއެފްއިން ވެސް ވަނީ މި ހަމަލާގެ އިންޓެލިޖެންސް މައުލޫމާތު އެ ދެ އިދާރާއަށް ލިބިފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާއަށް ފަހު ތަހްގީގަށް އެކަށީގެންވާ މަސައްކަތްތައް ނުކުރެވޭކަމަށް ބުނެ އާއްމު ރައްޔިތުން އަންނަނީ ތަހްގީގީ އިދާރާތަކަށް ފާޑު ކިޔަމުންނެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 22%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 39%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ސަބަބަކީ ސިފައިންނާއި ފުލުހުން ކޮވިޑައިގެން އަވަދަނެތި އުޅެނިކޮށް ނަޝީދުމެން ބޭނުންވެގެން ވޯޓިލާން ޖެހުނީ، ދެން އުޅުނީ އަދަދުތައް މައްޗަށްދާތީ ސަރުކާރުން ބުނެގެން ގުލާމުކުރަން

  2. ސަބަބަކީ ސިފައިންނާއި ފުލުހުން ކޮވިޑައިގެން އަވަދަނެތި އުޅެނިކޮށް ނަޝީދުމެން ބޭނުންވެގެން ވޯޓިލާން ޖެހުނީ، ދެން އުޅުނީ އަދަދުތައް މައްޗަށްދާތީ ސަރުކާރުން ބުނެގެން ގުލާމުކުރަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: