ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ގޮތުގެ ރިޕޯޓު ވަނީ ލިބިފައި: ރައީސް

އެމްޑީޕީ ގައުމީ މަޖިލީހުގެ 173 ވަނަ ބައްދަލުވުމުގެ ތެރެރިން/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ގޮތުގެ ރިޕޯޓެއް މޯލްޑީވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ލިބިފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރޭގަނޑު، ގ. ކެނެރީގެއިން ނިކުމެވަޑައިގެން ކާރަށް އަރާވަޑައިގަންނަވަނިކޮށް، ގޯޅިގެ ތެރޭގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި އައިޑީއެއް ގޮއްވާލައި ރައީސް ނަޝީދުގެ ފުރާނަ ދުއްވާލުމަށް ޓެރަރިޒަމްގެ އަމަލެއް ވަނީ ހިންގާފައެވެ. އެ ހަމަލާގައި ރައީސް ނަޝީދަށް ސީރިއަސް އަނިޔާތާކެއް ލިބި، ގިނަ ސާޖަރީތަކަށްފަހު އަދިވެސް ފަރުވާ ދެމުންދަނީ އޭޑީކޭގައެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ހަތަރު މީހެއްގެ ތެރެއިން، ތިން މީހަކު ހައްޔަރުކޮށް އެ މީހުންގެ ބަންދަށް 15 ޖަހާފައިވެއެވެ. މި މީހުންނާއި ގުޅޭ ގިނަ މައުލޫމާތުތަކެއް މި ދެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން މީޑިއާތަކާއި ހިއްސާކުރިއިރު، މިއީ މުޖްތަމައުގެ ތެރޭގައި މީހެއްގެ ފުރާނައެއް ދުއްވާލުމަށް ވެސް ފަހެއް ނުޖެހޭނެ މީހުންކަމަށް ފުލުހުން ބުންޏެވެ. އަދި މި މީހުންނަކީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބައެއް ނަމަވެސް، ރައީސް ނަޝީދަށް އަމާޒުކޮށް މިފަދަ ޓެރަރިޒަމް ހަމަލާއެއް ދިނުމުގެ ފަހަތުގައި ވާ މަގްސަދު އަދި ސާފެއް ނޫނެވެ. މިއީ ތަހުގީގު ކުރިޔަށް ދާ މައްސަލައެއްކަމުން އެ މައުލޫމާތު ހިއްސާ ކުރެވެން ނެތްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައްސަލައިގައި ހައްޔަރު ކުރި މީހުންނަކީ، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ) އެވެ. މި ހަމަލާގެ އިސްކޮށް ހުރި މީހެއްގެ ގޮތުގައި ފުލުހުން ތުހުމަތު ކުރަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު އެވެ. އަދުހަމް އަކީ، އެ ހަމަލާ ދިން ވަގުތު އަތަމާ ޕެލެސްގައި ހުރެގެން ރިމޯޓް ކޮންޓްރޯލް މެދުވެރިކޮށް އައިއީޑީ ގޮއްވާލި މީހާ އެވެ. އައިއީޑީ ގޮއްވާލި ވަގުތު އޭނާގެ އަމަލުތައް ހުރި ގޮތުގެ ސީސީޓީވީ ފޮޓޭޖަކާއި އެކު، އެ ގޮއްވާލުމަށްފަހު މާލޭގެ އެކި ސަރަހައްދުތަކުގައި އޭނާ އުޅުނު ސީސީޓީވީ ފުޓޭޖުގެ ޕްރެޒެންޓޭޝަނެެއް ފުލުހުން މިއަދު ދެއްކިއެވެ.

ހަމަލާގެ މައްސަލައިގައި ކަންބޮޑުވުން އިތުުރުވެފައިވަނިކޮށް، ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ސޯލިހު މިރޭ ވިދާޅުވީ، ޓެރަރިސްޓުންގެ އެންމެ ބޮޑު ބެނުމަކީ މުޖްތަމައުގެ ތެރޭގައި ބިރުވެރިކަން އުފައްދައި އަމަންއަމާންކަން ނަގާލުން ކަމަށެވެ. އެ މީހުން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ސުލްހަވެރިކަން ނެތިކޮށްލައި، ގައުމެއް ފިތުނަ ފަސާދައިގެ ތެރެއަށް ވައްޓާލުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ މުޖްތަމައުގެ ބަދަހި ސަފަތައް ރޫޅާލުމަށް ހިންގާ ނުރައްކާތެރި ރޭވުމެއްގެ ގޮތުގައި ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީން އެފަދަ ފިކުރުތަކަށް ޖާގައެއް ނުދޭނެ ކަމަށެވެ. މިއީ ހަމަޖެހުމާއި ސުލްހައަށް ލޯބި ކުރާ ޕާޓީއެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް އެފަދަ އެއްވެސް އަމަލަކަށް ޖާގައެއް ނުދެއްވާނެކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

“މިއީ އެންމެން އެކުގައި ތެދުވާން ވީ ވަގުތު” ރައީސް ސޯލިހު

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، އިންޓެލިޖެންސް އާއި ސެކިއުރިޓީގެ ކަންކަން ރޭވިފައިވާގޮތް މުރާޖައާކޮށް، ބަލަންޖެހޭ ކަމަށެވެ. އަދި އެގޮތުގެ މަތީން ނޭޝަނަލް ކައުންސިލްގައި ސިފައިންނާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް ހެދުމަށް ސަރުކާރުން ނިންމާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދައުލަތުން ގިނަ އަދަދެއްގެ މީހުންނަށް ސެކިއުރިޓީ ފޯރުކޮށްދޭއިރު، އެކަން އިންތިޒާމުކޮށް ރޭވިފައިވާ ގޮތުގެ ރިޕޯޓެއް ފޮނުވުމަށް އެމްއެންޑީއެފްއަށް އަންގާފައިވާނެކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެ އެންގުމާއި އެކު، މިރޭގެ ވަގުތެއްގައި ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ގޮތުގެ ރިޕޯޓެއް ލިބިފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: