ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައެއް ނުވޭ: ޕީޖީ

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ކުރެވޭ ތުހުމަތު ދޮގު ކޮށްފިއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ބުނާ ލިސްޓް ސޯސަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެގޮތުން ހިޔާނާތުގެ ފައިސާ ޝަމީމަށް ލިބިފައިވާ ކަމަށް ބުނެ އޮންލައިން ނޫހެއް ކަމަަށްވާ ދިޔަރެސް” އިން ވަނީ ރިޕޯޓު ކޮށްފައެވެ.

އެކަމާ ގުޅިގެން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ ފަރާތުން ވެސް އަދި އެމްއެމްޕީއާރްސީގައި މަސައްކަތް ކުރި އެއްވެސް މީހެއްގެ ފަރާތުން އޭނާ އަށް ފައިސާތަކެއް ލިބިފައި ނުވާ ކަމަށެވެ.

ލިސްޓުގައިވާ ގޮތުން ޝަމީމަށް ވަނީ ތިން މިލިއަން ރުފިޔާ ލިބިވަޑައިގެންފައެވެ. އެ ފައިސާއަކީ އަދީބު ހައްޔަރުކުރުމާ ގުޅިގެން ވަކީލު ފީގެ ގޮތުގައި ހަމަޖައްސައިދީފައިވާ ފައިސާ ކަމަށް އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިމެނޭ މޮހޯ ބުނެފައިވާ ކަމަށް ލިސްޓުގައި ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: