ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމާލާތައް ކުށްވެރިކުރަން، ދިވެހިން ތިބީ ފަލަސްތީނާއެކު: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލުން ފަލަސްތީނުގެ މަސްޖިދުލް އަގްސާއަށާއި އެތަނުގައި އަޅުކަން ކުރަން ތިބި މީހުންނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތައް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުށްވެރި ކުރައްވައިފިއެވެ.

ގުދުސްގެ އަލް އަގްސާ މިސްކިތް ހުންނަ ސަރަހައްދުގައި ހަމަނުޖެހުންތައް ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެރޭ އެތައް ހާސް ބަޔަކު އެ މިސްކިތަށް ނަމާދަށް ހާޒިރުވެފައިވަނިކޮށެވެ. އެގޮތުން އެ ހަމަނުޖެހުންތަކާ ގުޅިގެން އިޒްރޭލް ފުލުހުން ވަނީ ފަލަސްތީނުގެ އާންމުންނަށް ރަބަރު ވަޒަނާއި ސްޓަން ގްރެނޭޑުން ހަމަލާދީފައެވެ.

އިސްރާއީލުން ފަލަސްތީނަށް ދިން ހަމަލާތަކާ ގުޅިގެން ރައީސް ސޯލިހު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވަމުން އަންނަ ކަމަށާއި، އެ ގައުމުގެ އަމަލުތައް ކުށްވެރިކުރައްވާ ކަމަށެވެ. އަދި ދިވެހިރާއްޖެ އޮތީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

އިއްޔެ އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި އެކަނި ވެސް 28 މީހުން މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމް ވެފައެވެ. މަރުވި މީހުންގެ ތެރޭގައި 10 ކުޑަކުދިން ވެސް ހިމެނެއެވެ.

5 މިނިޓް ތެރޭގައި އިޒްރޭލުން ޣައްޒާއަށް 140 ރޮކެޓް ހަމަލާދީފައިވާ ކަމަށް ހަމާސް އިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: