ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމް އެވިދާޅުވާ ދިޔާއެއްޗެހީގެ ތަފްސީލު ލިބެންޖެހޭ: ޖަމީލް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ބައްދަލުކޮށް ދަބަހަކަށް އަޅައިގެން ގެންދިޔައީ ދިޔާ އެއްޗެއް ކަމަށް ވިދާޅުވެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ދެއްކެވި ވާހަކަފުޅުގެ ތަފުސީލު ހާމަކޮށްދޭން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫސް “އަދަދު” އިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އާޒިމް ވިދާޅުވީ އޭނާގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށްވާ އަބްދުﷲ ޖަލީލު (ކޭން ސޭޓު) ކައިރިއަށް ވަޒީރަކަށް ހުރިއިރު އަދީބު ވަޑައިގަންނަވާ ކަމަށާއި އެގޮތުން ކޭން ސޭޓުގެ އޮފީހުގައި ފައިސާގެ މުއާމަލާތްތަކާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރެވޭ ކަމަށެވެ.

އެގޮތުން އެއް ދުވަހެއްގައި އަދީބު ކައިރިއަށް ގޮސް ދިނުމަށް ކޭން ސޭޓު އެދުނު ކަމަށާއި އެއާއެކު އަދީބަށް ފޯނުން ގުޅުމުން ފަހުން މެސެޖަކުން ދަބަހެއް ހިފައިގެން އައުމަށް އަދީބު އެދުނު ކަމަށް އާޒިމް ވިދާޅުވިއެވެ،

އެ ދަބަހަށް އެއްވެސް ބާވަތެއްގެ ކަރުދާހެއް ނާޅުއްވާ ކަމަށް ވިދާޅުވެ، އާޒިމް ވިދާޅުވީ އޭނާ އެ ދަބަހުގައި ގެންދެވީ ދިޔާ އެއްޗެއް ކަމުގައެވެ.

އެކަމަށް އިޝާރާތްކުރައްވައި ޑރ. ޖަމީލު ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ޢަލީ ޢާޒިމް ދެއްކެވި ވާހަކަފުޅު ފުލުހުން ވަގުތުން ތަހުގީގުކުރަންޖެހޭ ކަމަށެވެ.

“އެވިދާޅުވާ ދިޔާއެއްޗެހީގެ ތަފްސީލު ލިބެންޖެހޭ. ބޮޑެތި ކުށްތަކުގެ ވާހަކަ ސަމާސަޔަކަށްހެދިގެން ނުވާނެ.” ޖަމީލް ވިދާޅުވިއެވެ.

މަޖިލީހުން މިހާރު އާންމުކޮށްފައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި އާޒިމްގެ ނަން ހިމެނިފައިވާއިރު އޭނާ އަންނަނީ ހިޔާނާތުގެ ފައިސާގައި ޖެހިފައި ނުވާނެ ކަމަށް ވިދާޅުވަމުންނެވެ.
ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: