ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަދަވަޔާއެކު ކުޅުދުއްފުއްޓަށް ބޮޑެތި ގެއްލުންތަކެއް!

ކުޅުދުއްފުށީ ގެއެއްގެ ފުރާޅު އެއްލާލާފައި—
ޝެއާރކޮށްލާ ކަހަލަދޯ؟

ބާރުވަޔާއެކު ރާއްޖޭއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ކުޅުދުއްފުށީގެ ބައެއް ގެތަކަަށް ގެއްލުން ވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ގަދަ ވަޔާއެކު އައި ކޮޅިގަނޑެއްގައި ކުޅުދުއްފުށި ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން އެމްއެމްޑީއެފް ނޮދާން އޭރިއާގެ ކުޅުދުއްފުށި ޕޯސްޓްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މީގެ އިތުރުން ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ފުރާޅަށް ގެއްލުން ވެފައި ވާތީ އެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިހާރުވެސް އުތުރުގެ އަތޮޅުތަކަަށް ޔެލޯޓް ނެރެފައިވާއިރު ކަނޑުދަތުރު ފަތުރުނުކުރުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބާރުވަޔާއެކު ވިއްސާރަކުރަމުންދާއިރު ގިނަ ރަށްތަކަކުން ގިނަ އަދަދެއްގެ ރުއްގަސް ވެރި، ދަނޑު ބިންތަކަށް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. އެގޮތުން ހއ އާއި ހދ އަދި ށ އަތޮޅުގެ ރަށްތަކަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމުގެ މައުލޫމާތު ދަނީ ލިބެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: