ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭގެ ސެކިއުރިޓީ މަތިކޮށްފައި ވަނީ ލިބުނު މައުލޫމާތަކާ ގުޅިގެން: އެންއެމްޑީއެފް

ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ސެކިއުރިޓީ ވަރުގަދަކޮށް ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ބަލައި ފާސް ކުރަން ފަށާފައި ވަނީ ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށެވެ. ސެކިއުރިޓީ ވަރުގަދަ ކޮށްފައިވަނީ ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށް ވިދާޅުވި ނަމަވެސް އެއީ ކޮން މައުލޫމާތެއް ކަމެއް އަދި އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް އާޒިމް ނުދެއްވައެވެ.

ފުލުހުންނާއި ސިފައިން ރާއްޖޭގެ އެންމެ ބޮޑު ވައިގެ ބަނދަރަށް ހާއްސަ އިސްކަމެއް ދީގެން ބަލަހައްޓަން ފެށީ ރެއިން ފެށިގެންނެވެ. އެއާޕޯޓު ބޭރުގައި އެސްއޯ ފުލުހުން ރެއިން ފެށިގެން ހަރަކާތްތެރިވި އިރު، ސިފައިން ހަރަކާތްތެރިވަނީ ހަތިޔާރާއެކު ހަރަކާތްތެރިވަނީ އެއާޕޯޓު ތެރޭގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން މުޅި ރާއްޖޭގެ ސެކިއުރިޓީ ވަރުގަދަކޮށް ހަތިޔާރާއި އެކު ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ސިފައިންގެ އެލާޓް ލެވަލް ވެސް ވަނީ އެންމެ މަތީ ލެވަލް، އެމްބާ އަށް ބަދަލުކޮށްފަ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: