ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރުގެ ވާހަކައާއި، ހަމަލާގެ މައުލޫމާތު ދިން މެމްބަރު އިލްޔާސްގެ ވާހަަކަ ދިމައެއްނުވޭ!

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި މެމްބަރު އިލްޔާސް ލަބީބު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މަސައްކަތްކުރަމުންދާ ކަމުގެ މައުލޫމާތު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތުމާއެކު އެމައުލޫމާތު ހިއްސާކުރެއްވިކަމަށް މެމްބަރު އިލްޔާސް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން މީޑިޔާއެއްގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާއި ހަވާލާދީ އިއްޔެ އާންމުކުރި ޚަބަރެއްގައި ވަނީ މެމްބަރު އިލްޔާސް އެފަދަ މައުލޫމާތެއް އެކަމަނާއާއި ހިއްސާކުރެއްވި ކަމަށް ވިދާޅުވެ ފައެވެ. އެހެންނަމަވެސް، ސީދާ އެ ހަމަލާއާއި ގުޅޭ “ކްރެޑިބަލް، އެކްޝަނަބަލް އިންޓެލިޖެންސް” އެއް ލިބިފައިނުވާކަމަށް މިނިސްޓަރ ވިދާޅުވިކަމަށް ޚަބަރުގައިވެ އެވެ.

މީގެ އިތުރުން، މެމްބަރު އިލްޔާސް އެކަމަނާއަށް ގުޅުއްވައި 3 މިލިޔަން ޑޮލަރަށް ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ރާވަމުންދާކަމުގެ މައުލޫމާތު ލިިބިފައިވާ ކަމަށާއި އަދި ރައީސް ނަޝީދަށް ބެއްލެވުމަށް އިލްޔާސް ވިދާޅުވިކަމަށް މިނިސްޓަރާއި ހަވާލާދީފައިވެ އެވެ. އަދި ރައީސް ނަޝީދަށް އެމައުލޫމާތު ދިނުމަށް މިނިސްޓަރު އެދުމުން، އެމައުލޫމާތު ރައީސަށް ހިއްސާކުރެއްވުމަށް އެކަމަނާ އަރިހުން އެދުނުކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި، އެއީ ޖިނާއީ މައްސަލައަކަށްވެސް ވާތީއާއެކު، ފުލުހުންނަށް އެމައްސަލަ ހުށައެޅުއްވުމަށް މެމްބަރުގެ ކިބައިން އެދިފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިކަމަށް ޚަބަރުގައިވެ އެވެ.

އެހެންނަމަވެސް، އެޚަބަރާއި ގުޅިގެން މެމްބަރު އިލްޔާސް މިއަދު އާންމުކުރި ބަޔާނުގައި ވަނީ އެންމެ ފުރަތަަމަ ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއެކު އެކަން، ރައީސް ނަޝީދަށް ހިއްސާކުރެއްވި ކަމަށެވެ. އަދި އާންމު މީހުންގެ ފަރާތުން ލިބުނު މައުލޫމާތު ރައީސް ނަޝީދާއި ހިއްސާ ކުރުމަށްފަހު، ރައީސް ނަޝީދުގެ އިރުޝާދުގެ މަތިން އެ މައުލޫމާތު މިނިސްޓަރ މާރިޔާއާއި ހިއްސާ ކުރެއްވިކަމަށް ވެސް ބަޔާނުގައިވެ އެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވެފައިވާ ގޮތުން، އެމައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސްއަށް އެންގެވުމަށް މެމްބަރަށް ވަނީ ދަންނަވާފަ އެވެ. އެހެން ނަމަވެސް، މެމްބަރު އިލްޔާސްގެ ބަޔާނުގައިވާ ގޮތުން، ރައީސް ނަޝީދުގެ ސަލާމަތީ ކަންކަމަކީ ޑިފެންސް މިނިސްޓްރީއާއި ގުޅުންހުރި ކަންކަންކަމަށް ވުމުން، އެކަން މޯލްޑިވްސް ޕޮލިސް ސާވިސްއަށްވެސް އަދި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށްވެސް އެންގެވުމަށް ޑިފެންސް މިނިސްޓަރ އަންގަވާފައި ނުވާކަމަށް އިލްޔާސްގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ތަހުގީގު ހިނގަމުންދާ މިފަދަ މައްސަލައެއްގެ މައުލޫމާތު، ޒިންމާދާރު މަގާމްތަކުގައި ތިއްބަވާ ބޭފުޅުން މީޑިޔާތައް މެދުވެރިކޮށް އާންމުކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި އިލްޔާސް ފާހަގަ ކުރެއްވި އެވެ. އަދި ތަހުގީގަށް ދޭންޖެހޭ އެއްބާރުލުން ދެއްވާނެކަމަށް މެމްބަރު އިލްޔާސް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލާފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭގެ ވަގުތުގައި އެމަނިކުފާނުގެ ގެކޮޅު ހުންނަ ސަރަހައްދުގަ އެވެ. އެމަނިކުފަނު ގެއިން ނުކުންނަވާ ކާރަށް އަރުއްވަނިކޮށް، އެމަނިކުފާނު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލި މައްސަލައިގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާއިރު ތިން މީހުންވެސް މިވަގުތު ތިބީ ބަންދުގައެވެ. އެ ތިން މީހުންނަށް ވެސް ހަރުކަށި ފިކުރުގެ ޖަމާއަތްތަކާއި ގުޅުން އޮތްކަމުގެ ތުހުމަތުކުރެވެ އެވެ.

މި ގޮއްވާލުމަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކު ތެރޭގައި ގޮއްވާލި ގޮއްވާލުމަށްވުރެ ވަރުގަދަ ގޮއްވާލުމެއްކަމަށް އެމްއެންޑީއެފްއިން ހާމަ ކުރެއެވެ.

ހަމަލާއާއި ގުޅޭ މައުލޫމާތު މެމްބަރު އިލްޔާސް ދެއްވިކަމަށް މިނިސްޓަރ ވިދާޅުވާއިރު، މިހަމަލާއާއި ގުޅޭ އެއްވެސް އިންޓެލް މައުލޫމާތެއް ލިބިފައިނުވާކަމަށް ތަކުރާރުކޮށް ޑިފެންސް މިނިސްޓްރީއިންނާއި، އެމްއެންޑީއެފް އަދި ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މައުލޫމާތު ލިބިފައިވާ އިރު ލިބުނީ ކޮންތާކުން ކޮން އެޖެންސީއެއްތޯ މެމްބަރަށް އެނގިނުލައްވާ! ނިދީގައި އޮތްވާ ފެނުނު ހުވަފެނެއް ޙިއްސާ ކުރެއްވީތޯ؟ މައުލޫމާތު ލިބޭއިރު ކޮންމެވެސް ކޮމިއުނިކޭޝަނެއް މެދުވެރިވާނެ. ޕޯސްޓުން ލިބުނު ސިޓީއެއްނަމަވެސް އޮންނަންޖެހޭނެ. ޢިލްޔާސް ލަބީބު ފަދަ އެމްޑީޕީ ރޫހުން ފުރިޤުރުބާންވާ ބޭކަލަކަށް ނިދީގައި ފެނުނު ހުވަފެނެއް ސީދާވެދާނެ އަސްލުފޯނުކޯލެއް ކަމަށްވެސް. ޢެހެންނަމަވެސް ދިފާޢީ ވަޒީރާއަކީ ވަރަށް ހަމަޖެޙޭ ރޯފިލައި އިންމީހަކަށް ވާއިރު މިހިއްސާކުރެއްވި ވާހަކަ މީޑިއާމިފެންނަނީ އަޖައިބު ފަދަ ގޮތަކަށް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: