ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީގެ ހަރަކާތްތަކަށް އަދީބު ހޯދައިދިނީ ޚިޔާނާތުގެ ފައިސާކަމެއް ނޭނގެ: އިދިކޮޅު

ކުރީގެ ރައީސް ޔާމީން އާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްއިން ސިޔާސީ ހަރަކާތް ހިންގަނީ ދައުލަތުންދޭ ފައިސާއާއި، ދީލަތި ފަރާތްތަކުންދޭ ފައިސާތަކުން ކަމަށާއި، ސިޔާސީ ހަރަކާތްތަކަށް އަދީބު ހޯދައިދިން ފައިސާއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާކަމެއް ނޭނގޭ ކަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޢާންމު ގޮތެއްގައި ޕާޓީތަކުން ހިންގާ ޙަރަކާތްތަކާއި އިންތިޚާބުތަކަށް ޚަރަދު ކުރާ ފައިސާ ޕާޓީ ތަކުން ހޯދަމުން ގެންދަނީ ހެޔޮ އެދޭ ފަރާތްތަކުން ޕާޓީއަށް ދެމުން ގެންދާ ފައިސާ އިން ކަމަށާއި އެގޮތުން އެ ޕާޓީއަށް ވެސް އެކި ފަރާތްތަކުން ފައިސާ ދެމުން ގެންދާ ކަމަށެވެ.

އެގޮތުގެ މަތިން ހޯދާ ފައިސާވެސް ވާނީ އެކި ކަންކަމަށް ޚަރަދު ކޮށްފައި ކަމަށާއި ޕާޓީގެ އިވެންޓުތަކާއި ދަތުރުތައް ކުރުމުގެ އިތުރުން އިންތިޚާބުތަކުގައި ބައިވެރިވެފައިވާ ކެންޑިޑޭޓުންގެ ކެމްޕެއިނަށްވެސް ހެޔޮ އެދޭ ފަރާތްތަކުން ދެމުން ގެންދާ ފައިސާ ޚަރަދުކޮށްފައި ވާނެ ކަމަށް ޕީޕީއެމުން ބުނެއެވެ.

“އޭރު ޕާޓީއަށް ފަންޑު ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ އެއްފަރާތަކީ ޕީ.ޕީ.އެމް. ގެ އޭރުގެ ނާއިބުރައީސް އަޙްމަދު އަދީބެވެ. އަދި އޭނާ ހޯދަމުން ގެންދިޔަ ފައިސާގެ ތެރޭގައި ޚިޔާނާތުގެ ފައިސާ ހިމެނޭކަމެއް ޕާޓީއަށް އެނގިފައެއް ނުވެއެވެ. ޕާޓީއަށް ހެޔޮ އެދޭ ފަރާތްތަކުން ޕާޓީއަށް ދެމުން ގެންދިޔަ ފައިސާ ވެސް އޭނާ މެދުވެރިކޮށް ފޮނުވަމުން ގެންގޮސްފައިވާ ކަން ފާހަގަ ކުރަމެވެ” އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެމްއެމްޕީއާރުސީ މައްސަލައާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤުކޮށް ނެރެފައިވާ ލިސްޓާއި މިހާރު އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއާއި ހިއްސާކޮށް ޢާންމުކޮށްފައިވާ ލިސްޓާއި ތަފާތުތަކެއް ހުރުމުގެ އިތުރުން، އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓުން ބައެއް ނަންތައް އުނިވެ އިތުރުވެފައިވާ ގޮތާމެދު އޮޅުވާލުންތަކެއް އެކުލެވިފައިވާތީ އެކަމުގެ ކަންބޮޑުވުންވެސް އެ ޕާޓީން ވަނީ ފާޅުކޮށްފައެވެ.

މީގެއިތުރުން އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓު ރައްޔިތުންގެ މަޖިލީހާއި ޙިއްސާކޮށްފައިވަނީ، ރައްޔިތުންނަށް ވެފައިވާ ވަޢުދު ނުފުއްދޭނެ ކަން ޔަޤީން ވުމާއެކު، އެ ޚިޔާނާތުގެ އެންމެ އަޑީގައި ތިބި މީހުން ޙިމާޔަތް ކުރުމަށްފަހުކަމާއި، އަދި އެކޮމިޝަން އުވާލާނެ ގޮތެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރަމުން ގެންދާކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ.

“އެހެންކަމުން، އެހާމެ ޒިންމާދާރުކަން ކުޑަކޮށް މައުސޫމް އެތައް ރައްޔިތެއްގެ އަބުރު ކަތިލުމަށް ސިޔާސީ ލިސްޓެއް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހާއި ޙިއްސާ ކުރި ކުރުމުގައި އެސެޓް ރިކަވަރީ ކޮމިޝަނުން ހިންގާފައިވާ ޖަރީމާއާއި، އަދި އެހާމެ ޒިންމާދާރުކަން ކުޑަކޮށް އެތައް ބައެއްގެ ޙައްޤަށް އަރައިގަނެ އެ ލިސްޓު ރައްޔިތުންގެ މަޖިލީހުން ޢާންމުކުރި ކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ” އެ ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތިވަރުނޭގެންޔާޖިއްމާދާރުމަގާމުގާތިގެންނުވާނެ
    ދުވާލަކު2000/3000ރުފިޔާނުވާނެ
    ސރކރއާދައިގެމީހެއްމުސާރައަކީ
    ދުވާލަކު300/200ރުފިޔާކޮބާ{ޅދހޔ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: