ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލަކުން އިތުރު 22 މީހަކު ޕޮޒިޓިވް ވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ފުވައްމުލަކުން އިތުރު 22 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ފާއިތުވި 24 ގަޑިއިރުތެރޭ އިތުރު 22 މީހަކު އެ ރަށުން ޕޮޒިޓިވް ވެފައިވާ ކަމަށާއި އެއާއެކު އެކްޓިވް ކޭސްތަކުގެ އަދަދު 121 އަށް އަރާފައިވާ ކަމަށެވެ.

ޕޮޒިޓިވްވި މީހުންގެ ތެރެއިން 87 އަހަރުގެ އަންހެނަކަށް ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނައިރު އެމީހާ އެޑްމިޓް ކުރެވުނީ ކޮވިޑްގެ ޙާލަތު ގޯސްވެގެންނެއް ނޫން ކަމަަށް އެ ހޮސްޕިޓަލުން ބުނެއެވެ. އެގޮތުން އޭނާ އެޑްމިޓް ކުރީ މިވަގުތު ބަލިމީހާގެ ހުރި އެހެން ބައެއް ޞިއްޙީ މައްސަލަތަކަށް ފަރުވާ ދިނުމަށް ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހޮސްޕިޓަލުގެ ޑޮކްޓަރަކާއި އިދާރީ މުވައްޒަފަކު ވެސް ހިމެނޭ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެއެވެ.

މި މަހުގެ ހަވަނަ ދުވަހު ފުވައްމުލަކު ފުލޫ ކްލިނިކަށް ދެއްކި ދެ މީހަކު ޕޮޒިޓިވްވެ އެ ރަށް ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އިންޑިޔާމީހުން ރާއްޖެ ގެނެސް ދިންއަނިޔާ ބަލާބަލަ ދެންމިއަހަރުވެސް އުޅެންޖެހޭނީ ތިހާލުގަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: