ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭމް ބްރޭންޑިންކޮށް މާކެޓް ކުރާނެ ފަރާތެއް ހޯދަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ފަރާތުން  އެ އެސޯސިއޭޝަން ގެ  ބްރޭންޑިންގް ، މެގަޒިން، އެކްސްޕޯ , އަދި އެވޯޑް ނައިޓްގެ  މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

ގޭމް އިން ކޮށްފައިވާ އިއުލާނުގައި ބުނީ އެ ސޯސިއޭޝަން ބްރޭންޑިން ހަދައި، މެގަޒިން އާއި ގޭމްގެ ރަސްމީ ފެއާ އަދި އެވޯޑް ނައިޓުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މި މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކަށް މާދަމާގެ ނިޔަލަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

މިކަމަށް އެދި ބިޑް ހުށަހެޅުމަށް ހުޅުވާލާފައިވަނީ 09  މެއި 2021  ވަނަ ދުވަހުން ފެށިގެން 17 މެއި 2021 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ. އަދި ޕްރީޕްރޮޕޯޒަލް މީޓިންގް ބޭއްވުމަށް ހަމަޖެހިފައި ވަނީ 20 މެއި 2021 ވަނަ ދުވަހުގެ 13:00 ގައެވެ. 

ޕްރީ-ޕްރޮޕޯޒަލް މީޓިންވެސް ކޮވިޑްގެ ހާލަތާ ގުޅިގެން ބާއްވަން ހަމަޖެހިފައިވަނީ ވާރޗުއަލްކޮށެވެ.

މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ޕްރޮޕޯޒަލް ހުށައެޅުމަށްވަނީ ހުޅުވާލާފައެވެ. އަދި ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޙަކީ 07 ޖޫން 2021 ވަނަ ދުވަހުގެ 13:00 އެވެ.

ގޭމްސް އަކީ ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ގެސްޓްހައުސްތަކުގެ ހައްގު ހޯދުމުގައި ހަރަކާތްތެރި ވަމުން އަންނަ ޖަމިއްޔާއެކެވެ.

ރާއްޖޭގައި ގެސްޓް ހައުސް އެސޯސިއޭޝަނެއް ހިންގަމުންދާއިރު، ގެސްޓް ހައުސް ވިޔަފާރި އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިއްމު ދާއިރާ އެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: