ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައްދޫ ޒާހިރު އަވަހާރަވެއްޖެ

ގައްދޫ ދާއިރާގެ ކުރީގެ މެންބަރު މަރުހޫމް ޒާހިރު އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު) އަވަހާރަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގިނަ އަހަރުތަކެއްވަންދެން ކުރެއްވި ޒާހިރު އަވަހާރަވެފައިވަނީ މިރޭގެ ވަގުތެއްގައެވެ. އަވަހާރަވިއިރު ހުންނެވީ ދިރިއުޅުއްވާ ގެކޮޅުގައި މާލޭގައެވެ.

ޒާހިރު އަވަހާރަވެފައި މިވަނީ ކޮވިޑް-19 ގެ އާލާސްކަންފުޅު ޖެހިވަޑައިގެން އެ ބަލިން ފަސޭހަވެފައިވަނިކޮށެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވަނީ ޒާހިރުގެ ދަރިކަލުން އަޙްމަދު ޒާހިރެވެ. ހުވަދު އަތޮޅަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޒާހިރު ބޮޑަށް ފާހަގަކުރެވިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިވެރިއެއްގެ ގޮތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: