ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބަށް ކޭކު ކާންދިން މީހެއް މިހާރަކު ނުވި: ޖާބިރު

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެމަނިކްފާނުގެ ނައިބް އަހްމަދު އަދީބުއާޢި ގުޅިގެން އެކި ބޭފުޅުން ކުރި ވައްކަންތަކުގެ ސަބަބުން ރައްޔިތުން ތިބީ ބަނޑަށް ޖެހިފައިކަމަށް ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މިއަދު ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުންގެ މައްސަލަތައް ހުރިކަން ބަޔާންކޮށް އެފަދަ މީހުންގެ ޖިނާއީ ތަހުގީގު ގޮސްފައިވާ ހިސާބާއި އެކަށީގެންވާ މިންވަރަކަށް އެމަސައްކަތްކުރެވިފައިނުވާ ސަބަބުތައް ހޯދުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށައެޅުއްވި މައްސަލަ ޖުޑިޝަރީ ކޮމެޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ކޮމެޓީ ރިޕޯޓް މަޖިލީހަށް ހުށައަޅާފައެވެ. ރިޕޯޓަށް ބަހުސް ކުރައްވަމުން މެމްބަރު ޖާބިރު ވިދާޅުވީ، ވައްކަމުގެ އެކި އަމަލުތަކުގައި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބޭފުޅުން ބައިވެރިވިކަމަށެވެ.

ޖާބިރު ވިދާޅުވީ، އަދީބުވަނީ މަގާމުގައި ހުންނަވާ މީސްމީހުންނަށް ހަދިޔާ ބައްސަވާފައި ކަމަށާއި އެ ފައިސާއަކީ އަދީބުގެ ފައިސާނޫން ކަމާއި، ދައުލަތުގެ ފައިސާކަން ނޭންގޭކަމަށް ބުނުމުން އެއީ ގަބޫލު ކުރެވޭނެ ވަރުގެ ވާހަކައެއް ނޫން ކަމަށެވެ.

“ދައުލަތުން ސޮވެރިން ގެރެންޓީ ނަގައިގެން، އަދީބަށް ކޭކު ކާންދީގެން ރަށްތަށް ނަގައިގެން އެތާގައި ބޮޑެތި އަންޑާ ވޯޓރ ޖަރީމާތައް ވަނީ ހިންގާފައި. ނެގި ލާރިން، ލާރިއެއް ނެގިކަމަކަށް ނުވި، ނެގިހާ މުދާތައް ކޮބައިތޯ؟ ރައްޔިތުން މިއަދު މިތިބީ ފެން ބިލާއި ކަރަންޓު ބިލު ނުދެއްކިފައޭ..” ޖާބިރު

ޖާބިރު ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅިގެން މުޅި ދިވެހި ގައުމު ނިކަމެތިވެފައިވާ ކަމަށެވެ. އެގޮތުން އާންމު ރައްޔިތުން ނިކަމެތިވެ، ކޯޓު މެދުވެރިކޮށް ރައްޔިތުންނަށް ލިބެންޖެހޭ ހައްގު ފައިސާ މި މައްސަލައާއި ހުރެ ނުލިބި ލަސްވަމުންދާ ކަމަށް ވިދާޅުވިއެވެ. ޖާބިރު އިޝާރާތްކުރެއްވި ކޯޓު މައްސަލަތަކަކީ، އޭނާ ކޯޓަށް ހުށައަޅާފައިވާ ހުރި ބައެއް މައްސަލަތަކެވެ.

މީގެ އިތުރުން، މި ލިސްޓުގައި ނަން ހިމެނިފައިވާ މީހުންގެ ތެރެއިން މިވަގުތު ދައުލަތުގެ އެއްވެސް މަގާމެއްގައި ހުންނެވި ބޭފުޅެއްކަމުގައިވާނަމަ، މަގާމުން އަވަހަށް އިސްތިއުފާ ދޭން ޖާބިރު ގޮވާލި އެވެ. އަދި މި މަައްސަލަ ބަލަމުންދާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވާ ކަމަށާއި ރައީސަކީ ހިތްވަރުގަދަ ބޭފުޅެއްގެ ގޮތުގައި ޖާބިރު ވަނީ ފާހަގަކޮށްފައެވެ.

މިއީ ހިތާމަވެރިކަމެއް ކަމަށާއި މި މައްސަލަ ބަލަމުންދާތީ އެކަމަކަށް ހުރަސް އެޅުމަށް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއްވެސް ދީފިކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް، މިމައްސަލަ ބެލުމުގައި ދައުލަތުން ފަހަތަށް ނުޖެހޭނެ ކަމަށާއި މިކަންކަމަކީ މައާފުކުރާނެ ކަންކަން ނޫންކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: