ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލައެއް ދޭން އުޅެނިކޮށް ރޭ ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް!

އަލިމަނިކު އަކީ ހިމަންދޫ ހަމަނުޖެހުމުގެ މައްސަލައިގައި 10 އަހަރުގެ ހުކުމެއް ތަންފީީޒު ކުރި މީހެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރުކަށި ފިކުރު ފަތުރައި، މާލޭގައި ވަކި ޖަމާއަތް ހަދައިގެން މީހުން ހަނގުރާމަތަކަށް ރެކްރޫޓު ކުރާކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ހަރުކަށި ފިކުރުގެ ވިސްނުން ފެތުރުމާއި މާލޭގައި ވަކި ޖަމާއަތް ހަދައިގެން ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ތުހުމަތުގައި މިރޭ ހައްޔަރުކޮށްފައި ވަނީ، އއ. ހިމަންދޫގައި ހިންގި ހަމަނުޖެހުމާ ގުޅިގެން 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރި ހއ. މޮޅަދޫ އަބްދުﷲ އަލިމަނިކު އެވެ.

ކައުންޓާރ ޓެރަރިޒަމްއިން ރޭ މާލޭގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި އަބްދުﷲ އަލި މަނިކު ހައްޔަރުކޮށްފައި ވަނީ ދީނީ ނުވަތަ ހައްދުފަހަނަ އަޅާފައިވާ ފިކުރެއް ކުރިއެރުވުމައްޓަކައި މާލެ ސަރަހައްދުގައި ވަކި ޖަމާއަތް ހަދައިގެން ނަމާދުކޮށް އިސްލާމްދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމަށް ހިތްވަރުދޭ ކްލާސްތައް ބާއްވާ، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރަމުންދާ ކަމުގެ ތުހުމަތުގަ އެވެ. އަދި ޓްރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ ޓެރަރިސްޓް ޖަމާޢަތްތަކަށް ތާއީދުކޮށް، ޖިހާދުގެ ނަމުގައި ރާއްޖެއިން ބޭރުގެ އެކިއެކި ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަތަކަކީ ސަބަބުވެރި އަމަލެއް ކަމުގައި ދައްކުވައިގެން ރާއްޖެއިން މީހުން ޖިހާދަށް ފޮނުވުމަށް ރެކްރޫޓް ކުރުމުންދާ ކަމަށް ތުހުމަތުކޮށްފައި ވެއެވެ.

މީގެ އިތުރުން، އަބްދުﷲ އަލިމަނިކު ދިޔައީ މުޖްތަމައުއަށް ނުރައްކާވާފަދަ ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ތައްޔާރުވަމުންކަމަށް ތުހުމަތު ކުރެވެ އެވެ.

މި މައްސަލައިގައި މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، ހައްޔަރު ކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އަބްދުﷲ އަލިމަނިކަކީ 2007 ގައި އއ. ހިމަންދޫގައި ހިނގައިދިޔަ ހަމަނުޖެހުމަށްފަހު ދައުލަތުން ދައުވާކުރި 18 މީހުންގެ ތެރެއިން އެކަކެވެ. އޭނާގެ މައްޗަށް ކޯޓުން އިއްވީ 10 އަހަރުގެ ހުކުމެކެވެ. އަދި ޖަލު ހުކުމް ތަންފީޒު ކުރަމުން ދިޔައިރު އޭނާ ތިން ފަހަރެއްގެ މަތިން ޖަލުން ފިލާފައި ވެއެވެ. އެގޮތުން އަބްދުﷲ އަލިމަނިކު ޕީއާރުއެސްގެ ބެލުމުގެ ދަށުގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒްކުރަމުން ދަނިކޮށް ދެ ފަހަރެއްގެ މަތިން ފިލި އެވެ. އަދި ގދ.ތިނަދޫގައި ފިލައިގެން އުޅެނިކޮށް ފުލުހުންގެ ބެލުމުގެދަށަށް ގެނެސް 2009 ވަނަ އަހަރުގެ ތެރޭގައި ގދ. ތިނަދޫ އިން ބޯޓެއްގައި ހައްޔަރުކޮސް މާލެ ގެންނަނަނިކޮށް ވ.ފެލިދޫ އާއި ހިސާބުން ކަނޑަށް ވެސް ފުންމާލާފައި ވެއެވެ. އޭނާ ކަނޑަށް ފުންމާލީ، ނަމާދު ކުރަން ބޭނުންކަމަށް ބުނުމުން، ދިން ފުރުސަތުގައި ނަމާދު ކުރުމަށްފަހު އެވެ. އޭގެ ފަހުން 2010 ވަނަ އަހަރުގެ ތެރޭގައި ޖަލުން ފިލައިގެން އުޅެނިކޮށް، ހައްޔަރުކުރީ ކ. ތިލަފުށީގައި ހުއްޓަ އެވެ.

އެނގިފައިވާ ގޮތުން، އަބްދުﷲ އަލިމަނިކަކީ ޕާކިސްތާނުން ކިޔަވައިގެން ރާއްޖެ އައިސް ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވެފަ އެވެ. އޭނާގެ އެންމެ ފުރަތަމަ މަސައްކަތްތަކުގެ ތެރޭގައި ހިމަންދޫގައި ހަރުކަށި ފިކުރުގެ ގްރޫޕަކާއި އެކު ފުލުހުންނާއި ކުރިމަތިލުން ހިމެނެ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ދެން މިހާ ނުރައްކާތެރި މީހަކު މިސަރުކާރުން ދޫކޮށްލީ ކީއްވެ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: