ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރަރިޒަމްގެ ތުހުމަތަށް ބަންދުކުރާ މީހުން ވެސް ރިހެބިލިޓޭޓު ކުރެވޭނެ!

ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ހަމަލާ ދިން ތަނުގައި ތަހުގީގު ޓީމެއް ހަރަކާތްތެރިވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމަ ތަކުގައި ބައިވެރިވުމަށް ފަހު އެނބުރި ގައުމަށް އަންނަ މީހުންނާއި ޓެރަރިޒަމްގެ ގާނޫނުގައި ބުނާ ކުށެއްގެ ތުހުމަތުގައި ބަންދު ކުރާ މީހުންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމު ހިންގޭ ގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ރީހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ރީއިންޓަގްރޭޝަން ޕްރޮގްރާމްތައް ހިންގުމުގެ ގަވާއިދު އެކުލަވާލައިފި އެވެ.

މިއީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅިފައިވާ ނުވަތަ އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ފަރާތްތައް، އެފަދަ އަމަލުތަކުން ދުރުކޮށް، މުޖްތަމައުއަށް އަނބުރާ ރުޖޫއަ ކުރުމަށްޓަކައި ހިންގޭ ރިހިބިލިޓޭޝަން ޕްރޮގްރާމުތަކާއި ރީ-އިންޓަގްރޭޝަން ޕްރޮގްރާމުތައް ހިންގާނެ ގޮތުގެ އުސޫލުތައް ބަޔާން ކުރާ ގަވައިދެކެވެ.

“ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ހިންގޭ ރިހިބިލިޓޭޝަން ޕްރޮގްރާމުތަކާއި، ރީ- އިންޓަގްރޭޝަން ޕްރޮގްރާމުތައް ހިންގުމުގެ ގަވައިދު” ގެ އެންމެ ބޮޑު އެއް ބޭނުމަކީ ގާނޫނުގައި ބުނާ ރިހިބިލިޓޭޝަން އެންޑް ރީ އިންޓަގްރޭޝަން ކޮމިޓީގެ ހިންގުމާއި ބެހޭ އުސޫލާއި، ޕްރޮގްރާމުގެ ބާވަތްތަކާއި، ގިންތިތައް ކަނޑައެޅުމާއި ބެހޭ އުސޫލު ބަޔާން ކުރުމެވެ.

ގަވައިދު ބުނާ ގޮތުން ޕްރޮގްރާމުތައް އެކުލަވާލާނީ، އެކަމަށް ހާއްސަ ކޮމިޓީއަކުންނެވެ. އަދި ބައްދަލުވުންތައް ބޭއްވުމާއި، ކޮމިޓީގެ ނިންމުންތައް ނިންމުމާއި ބެހޭ އިޖުރާއަތްތައް ބަޔާން ކުރާ ކޮމިޓީ ހިންގުމާއި ބެހޭ އުސޫލެއް މިނިސްޓްރީން ހިންގަންވާނެކަމަށް ބުނެފައި ވެއެވެ.

ރިހިބިލިޓޭޝަން ކޮމިޓީގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ އެ ކޮމިޓީއަށް އައްޔަނު ކުރާ މިނިސްޓްރީގެ މުވައްޒަފެކެވެ.

މި ޕްރޮގްރާމްތައް އެކުލެވިގެންވާ މަރުހަލާތަކުގެ ތެރޭގައި ހިމެނެނީ، ހަރުކަށި ފިކުރާއި އެ ފިކުރުގެ އަމަލުތަކުން ދުރުކުރުމުގެ މަރުހަލާ އާއި ހަރުކަށި ފިކުރާއި އެ ފިކުރުގެ އަމަލުތަކަށް ހުށަހެޅިފައިވުމުގެ ސަބަބުން ލިބިފައިވާ ނަފްސާނީ ގެއްލުމަށް ފަރުވާކުރުމުގެ މަރުހަލާ އަދި އަނބުރާ މުޖްތަމައުއަށް ރުޖޫއަވުމަށް ތައްޔާރުވުމުގެ މަރުހަލާ އެވެ.

ފަރުވާގެ އެހީތަކުގެ ތެރޭގައި ޑީރެޑިކަލައިޒޭޝަނާއި، ނަފްސާނީ ދުޅަހެޔޮކަން އަދި އިޖްތިމާއީ ހޭލުންތެރިކަން އަދި އަމިއްލަ ނަފްސު ތަރައްގީ ކުރުން ހިމެނެ އެވެ.

ޕްރޮގްރާމް ފަރުމާ ކުރާއިރު ހިމަނަން ޖެހޭ ބައިތަކަކީ:

ހ) ޕްރޮގްރާމް ހިންގަން ޖެހޭ މުއްދަތު

ށ) ޕްރޮގްރާމް ބަހާލެވިފައިވާ މަރުހަލާތަކާއި، ކޮންމެ މަރުހަލާއެއްގައި ހިމެނޭ ސެޝަންތަކުގެ އަދަދާއި ދިގުމިން

ނ) ޕްރޮގްރާމުގައި ބައިވެރިވާ ފަރާރްތަތަކުގެ ތެރެއިން ކޮންމެ ފަރާތްތަކަށް ވަކިން ތައްޔާރުކުރާ ފަރުވާގެ ޕްލޭނާއި، އެ ޕްލޭނުގައި ފުރިހަމަ ކުރަންޖެހޭ ކްލާސްތަކާއި ސެމިނާތަކުގެ ތަފްސީލު

ރ) ޕްރޮގްރާމުގައި ބައިވެރިވާ ފަރާތުން ހާސިލުކުރަން މަސައްކަތްކުރާނެ ލަނޑުދަނޑިތައް

ބ) ޕްރޮގްރާމުގައި ބައިވެރިވާ ފަރާތުގެ ޒިންމާތަކާއި، އޭނާގެ ބައިވެރިވުން ލިބެންޖެހޭ މިންވަރު

ޅ) މި މާއްދާގެ (ރ) އާއި (ބ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ވަޒަންކުރާނެ މިންގަނޑު

ކ) ޕްރޮގްރާމުގެ މުއްދަތުގައި ހެދޭނެ އެސެސްމަންޓްތަކުގެ ތަފުސީލުތައް

އ) ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާއި، އެ މިންގަނޑާ ޚިލާފުވުމުން އެޅޭނެ ފިޔަވަޅުތައް

ވ) ޕްރޮގްރާމް ބަހައިލެވިފައިވާ ކޮންމެ މަރުޙަލާއެއްގައި ޕްރޮގްރާމް ހިންގުމުގައި ހަރަކާތްތެރިވާންޖެހޭ ފަންނީ މީހުންގެ ތަފުސީލު

ކުޑަކުދީންނަށް ހިންގާ ޕްރޮގްރާމްތައް ފިޔަވައި އެނޫން ފަރާތްތަކަށް ހިންގާ ޕްރޮގްރާމުތައް ހިންގުމުގައި ޕްރޮގްރާމް ހިންގާ ފަރާތްތަކަށް އެއްބާރުލުން ދޭނެކަމަށް ބަޔާންކޮށްފައިވާ އިގުރާރެއްގައި ސޮއި ކުރަން ޖެހޭނެ އެވެ. އަދި ކުޑަކުދީންނަށް ރީހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭޝަން ޕްރޮގްރާމްތައް ހިންގަންވާނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުގެ ތެރެއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: