ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރުކަށި ފިކުރާ ގުޅުންހުރި މީހަކު ދަރަވަންދޫއިން ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހަރުކަށި ފިކުރާ ދެކޮޅަށް ބ. ދަރަވަންދޫގައި ހިންގި އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ދަރަވަންދުގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

އެނގިފައިވާ ގޮތުން ފުލުހުން އެ އޮޕަރޭޝަން ހިންގާފައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު އުޅޭ ކަމުގެ މައުލޫމާތެއް ލިބިގެންނެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ގިނަ ޢަދަދެއްގެ ފުލުހުން ދަރަވަންދޫގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން އަންނަނީ ޚާއްޞަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން ރޭވެސް މާލެއިން ވަނީ ހަރުކަށި ފިކުރުގެ މީހަކު ހައްޔަރުކޮށްފައެވެ. އޭނާއަކީ އދ. ހިމަންދޫގައި ހަރުކަށި ފިކުރު ފަތުރުމުގެ ތުހުމަތުގައި 2007 ގައި ފުލުހުން ހައްޔަރުކުރި މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: