ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒައިދު، ނަޝީދަށް: ޕޮއިންޓެއް ޕްރޫވް ކޮށްދޭން ވެސް އެންމެނަަށް އައުރަ ދެއްކުމަކީ ރަނގަޅުކަމެއް ނޫން!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ “ވަގު އެކައުންޓު”، އެލެކްސް އަހްމަދު، ނަޝީދުގެ އައުރަ ފެންނަ ފޮޓޯއެއް ޓްވީޓު ކުރެއްވުމުން މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދު ފާޑުވިދާޅުވެއްޖެއެވެ.

ނަޝީދަށް ލިބުނު އަނިޔާގެ ފޮޓޯއެއް ޓްވީޓު ކުރައްވައި އަލެކްސް ވިދާޅުވީ ހަމަލާގެ ސަބަބުން ލިބުނު އަނިޔާގެ ފާރުތައް އެބަ ހިކޭ ކަމަށާއި ބައެއް ބޭފުޅުންނަށް ވީގޮތް އަދި ވާވަރު ސާފު ނުވާތީ ދަންނަވާލީ ކަމަށެވެ.

މިފޮޓޯއާ ގުޅިގެން ނުސީދާކޮށް ނަޝީދަށް ރައްދު ދެއްވަމުން ޒައިދު ވަނީ ހުރިހާ މީހުންވެސް އައުރައަށް ރައްކާތެރިވުމަށް ގޮވާލާފައެވެ.

“ޕޮއިންޓެއް ޕްރޫވް ކޮށްދޭން ވެސް އެންމެނަަށް އައުރަ ދެއްކުމަކީ ރަނގަޅުކަމެއް ނޫން!” ޒައިދު ވިދާޅުވިއެވެ.

ނަޝީދު ދިރިއުޅުއްވާ ކެނެރޭގޭ, ނީލޯފަރު ގޯޅި ކަންމަތީގައި ސައިކަލެއްގައި އައިޑީއެއް ބޭނުންކޮށްގެން މި މަހު 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާ އިން އެމަނިކުފާނަށް ވަނީ ބޮޑެތި ޒަހަމްތަކެއް ވެފަ އެވެ. އެ ހަމަލާގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށް ފަހު, މިހާރު އެމަނިކުފާނު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނުގަ އެވެ.

ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އެގާއި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.

ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ، ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 21%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 48%ވަރަށް ދެރަ 2%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ރައްޔިތުންނަށ ނުދެއްކ އޮތީ އެބައ. ދެނ އިތުރަކަށ ނޯންނާނ!

  2. އަހަންނަކައް އުޅެއުޅެވެސް އައުރަ އެއް ނުފެނުން އައިނު އަޅަންވީތާ

  3. އައުރަޔަކީ ކޮބައިކަން އެގޭމީހަކަށް ދޯ އައުރަ ފެމުނަސް އެގޭނީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: