ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާދިސާ ހިނގި ވަގުތު ޖިދާދު ގެއަކު ނެތް، އަސްރާ އެންމެ ފުރަމަ ގުޅާ މެސެޖު ކުރީ ވެސް އޭނައަށް: އާއިލާ މެމްބަރެއް

އަސްރާ ނަސީމް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ، އޭނާގެ ކުރީގެ އަންހެނުންނަށް އަނިޔާ ކުރި އިރު، އީސަގެ ދޮށީ ފިރިހެން ދަރިފުޅު ޖިދާދު އަހުމަދު އީސާ އެވަގުތު ގޭގައި ނުހުންނާނެކަމަށް އަސްރާ ނަސީމްގެ އާއިލާގެ މެމްބަރަކު ބުނެފި އެވެ.

އީސަ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމާއި، ދެ މީހުންގެ ދެ އަހަރު ވެސް ނުވާ ތުއްތު ދަރިފުޅަށް އަނިޔާ ކުރިކިކަމަށް ބުނެ ކުރެވޭ ތުހުމަތުތައް ދޮށީ ދަރިފުޅު ޖިދާދު ވަނީ އޭނާގެ ފޭސްބުކް ގައި ބަޔާނެއް އާއްމުކޮށްފަ އެވެ.

މި މައްސަލައިގައި އަސޫ ވަނީ ފުލުހަށް ބަޔާން ވެސް ދީފަ އެވެ.

މީޑިއާގައި ދެކެވޭ ވާހަަކަތައް ދޮގިކޮށް، ޖިދާދު ބުނީ އޭނާގެ ބައްޕަ އީސަގެ ފަރާތުން އަސްރާއަށް ތުއްތު ދަރިފުޅަށް ލިބިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެރޭ ކަން ހިނގައިދިޔަ ގޮތް ވަރަށް ރަނގަޅަށް އެނގޭކަމަށާއި، އޭނާއަކީ އެންމެ ގާތުން މަންޒަރު ފޭނުނު އެކަކުކަމަށް ޖިދާދު ބުނެފައި ވެއެވެ. މިއީ ތަހުގީގު ކުރިޔަށް ދާ މައްސަލައެއްކަމުން، އިތުރު ތަފްސީލެއް ކިޔައިދޭން ބޭނުން ނުވާކަމަށް ޖިދާދް ބުންޏެވެ.

ޖިދާދު ވަނީ އީސަ ހައްޔަރު ކުރުމުގެ އަމުރަކަށް އެދުމުން، ކްރިމިނަލް ކޯޓުން އެގޮތަށް އަމުރު ނެރެދީފައި ނުވަނީ ސަބަބުތަކެއް ހުރުމުންކަމަށް ބުނެފަ އެވެ. އަދި އޭގެއިން ވެސް އޭނާގެ ބައްޕަގެ ބޮލުގައި އަޅުވާފައި ވަނީ ދޮގު ތުހުމަތުތަކެއްކަން އެނގިގެންދާ ކަމަށެވެ. ޖިދާދު ބުނީ، މިއީ އީސަގެ އަގު ވައްޓާލުމުގެ ބޭނުމުގައި ފަތުރައިގެން އުޅޭ ވާހަކަތަކެއް ކަމަށެވެ. ސޯޝަލް މީޑިއާގައި ދެކެވޭ ކޮންމެ ވާހަކައެއް އެއީ ތެދަކަށް ނުވެ ހިނގައިދާނެކަން ފާހަގަކޮށް ޖިދާދު ބުނެފައި ވަނީ ތުހުމަތުތަކާއި ގުޅޭގޮތުން ބައްޕަގެ ބަހެއް އޮތުން ވެސް މުހިންމު ކަމަށެވެ.

ޖިދާދު ވަނީ، ބޭރުގައި ކިޔަވަން ހުރުމަށްފަހު އޭނާ ރާއްޖެ އަންނަން ޖެހުނީ ކޮވިޑުގެ ސަބަބުން ކަމާއި މާލެ އައިސް ދިރިއުޅެމުން ދަނީ އީސަ އާއި، އަސްރާއާއި އެކުކަމަށް ބުނެފައެވެ. އަދި މިވީ ދުވަސްތަކުގެ ތެރޭގައި ބައްޕަ އަސްރާއަށް އަޑުލައި ވާހަކަ ދެއްކި އަޑެއް ނާހާކަމަށް ބުންޏެވެ. އަދި ކޮއްކޮ ދެކެ ބައްޕަ ވަރަށް ލޯބިވާކަމަށް ވެސް ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓުގައި ވެއެވެ.

ޖިދާދުގެ ފޭސްބުކް ޕޯސްޓާއި ގުޅިގެން، އަސޫގެ އާއިލާގެ މެމްބަރަކު “ސަންގު” އާއި ވާހަކަ ދައްކަމުން ބުނީ ހާދިސާ ހިނގި ވަގުތު ޖިދާދު ގޭގަ ނެތް ކަމަށާއި އެރޭ އެއްކޮށް ވެސް އޭނާ ގެޔަށް ނުދާ ކަމަށެވެ. އަދި އެރޭ އެންމެ ފުރަތަަމަ ވެސް އަސްރާ ގުޅީ ޖިދާދުއަށް ކަމަށާއި ބައްޕަ އަނިޔާ ކުރާތީ އަވަހަށް ގެއަށް އައިސް ދިނުމަށް ވެސް އެދުނު ކަމަށެވެ.

ނަމަވެސް ޖިދާދު ގެއަށް ނައުމުން އަސްރާ ގެން ގުޅީ އޭނާގެ ދޮންބެ ހައިދަރު ނަސީމް އަށެވެ. އަދި އަސްރާ ގުޅިތާ 10 މިނެޓުތެރޭގައި ހައިދަރު އާއި އަސްރާގެ ދެބެންގެ ދެދަރި ކޮއްކޮ އެ ގެއަށް ދިޔަ އެވެ. އޭގެ ފަހުން ދެން ދިޔައީ ޝަޒްރާ ނަސީމްކަމަށް ވެސް މައުލޫމާތު ދިން މީހާ ކިޔައިދިނެވެ. ފުލުހުން އައި އިރު އާއިލާގެ ގިނަ މެމްބަރުން ތިބި ނަމަވެސް، އެރޭ ޖިދާދު ގެއަށް ނާންނަކަމަށް ވެއެވެ

އީސަގެ މައްޗަށް ތުހުމަތު ކޮށްފައިވާ ގެވެށި އަނިޔާގެ މައްސަލައިގައި އާންމުންގެ ގިނަ ބަޔަކު ދަނީ އޭނާ ހައްޔަރުކޮށް ތަހުގީގު އަވަސް ކުރުމަށް ގޮވާލަމުންނެވެ.

އަސްރާ އަކީ ނައިބް ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ދާއިރާ މާކެޓު ކުރުމުގައި ފާހަގަކޮށްލެވުނު މޫނެކެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 3%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 57%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: