ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ގައްދޫ ކައުންސިލްގެ ރައީސް އަލުން ބަންދަށް!

ގައްދޫގެ ކައުންސިލްގެ ރައީސްކަމަށް ހޮވުނު މުހައްމަދު އަހުމަދު (އެމްޑީ)
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބަންދުގައި ހުއްޓައި، ކޯޓުން ދޫކޮށްލި ގދ. ގައްދޫ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބުވި ގދ. ގައްދޫ، ވިންސެންޓް، މުހައްމަދު އަހުމަދު (އެމްޑީ) ބަންދުން ދޫކޮށްލި އަމުރު ހައިކޯޓުން ބާތިލުކޮށްފި އެވެ.

މުހައްމަދުގެ މައްޗަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދެ ދައުވާއެއް އުފުލާފައި ވެއެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓާ އޭނާ ބަންދުން ދޫކޮށްލުމަށް ނިންމީ ގައްދޫ މެޖިސްޓްރޭޓު ކޯޓުންނެވެ. އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން މިއަދު ނިންމީ ގައްދޫ މެޖިސްޓްރޭޓު ކޯޓުގެ ނިންމުން ބާތިލު ކުރުމަށެވެ.

ޕްރޮސެކުއުޓާރ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިސަރު، ޕަބްލިކް ޕްރޮސެކިއުޓާރ އަހުމަދު ޝަފީއު ވިދާޅުވީ ހައިކޯޓުގެ ނިންމުމާއި އެކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދަށު ކޯޓުން ކުރި އަމުރު ދެމި އޮންނާނެ ކަމަށެވެ. އަދި އޭނާ އަލުން ބަންދަށް ބަދަލު ކުރެވޭނެކަމަށް ޝަފީއު ވިދާޅުވި އެވެ.

މުހައްމަދުގެ މައްޗަށް ކުރަނީ 2015 ވަނަ އަހަރު އޭނާ ކައުންސިލު ރައީސްކަމުގައި ހުރި އިރު ކުޑަކުއްޖަކާއި އެކު ޖިންްސީ އަމަލެއް ހިންގި ކަމުގެ ތުހުމަތެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި، ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ ހިމެނެ އެވެ. އޭގެ އިތުރުން އޭނާގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ވެސް ވަނީ އުފުލާފަ އެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވިފައިވާ، މުހައްމަދު ކައުންސިލް އިންތިހާބުގައި ވާދަކޮށް ކައުންސިލްގެ ރައީސްކަން ކާމިޔާބު ކުރީ އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައެވެ. އިދިކޮޅުން މުހައްމަދުގެ މައްޗަށް ކުރަނީ ރަނގަޅު ތުހުމަތުތަކެއްކަމަށް ގަބޫލެއް ނުކުރެ އެވެ. ކޮންގްރެސް ކޯލިޝަން ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއީ ސިޔާސީ ގޮތުން މުހައްމަދުގެ އަބުރު ކަތިލުމަށް ކޮށްގެން އުޅޭ ތުހުމަތުތަކެއް ކަމަށެވެ.

ކުށެއްގެ ތުހުމަތުތަކެއް ކުރެވުނަސް، އެ ތުހުމަތުތައް ސާބިތުވެ ޖަލު ހުކުމެއް ނާންނަނީސް އެ މީހަކަށް އިންތިހާބުގައި ވާދަ ކުރެވޭނެ އެވެ. ނަމަވެސް ޝަރީއަތަށް ޖިނާއީ ކުށް ސާބިތު ވެއްޖެ ކަމަށް ކަނޑައަޅައިފި ނަމަ، އެ މީހެއްގެ ގޮނޑި ގެއްލޭނެ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: