ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި 4 މީހުންވެސް ކޮވިޑަށް ޕޮޒިޓިވް: އިމްރާން

މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބްދުالله
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި 4 މީހުންވެސް ކޮވިޑަށް ޕޮޒިޓިވް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ތަހުގީގު ކުރިއަށް ދާގޮތާމެދު ހިތްހަމަ ޖެހޭކަމަށެވެ. އެހެންނަމަވެސް އެކި ކަންކަމުގެ ސަބަބުން އެންމެ ބޭނުންވާ ބާރު ސްޕީޑުގައި ތަހުގީގު ކުރިއަށްނުދާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާގައި ހައްޔަރު ކުރެވުނު ހަތަރު މީހުންވެސް ކޮވިޑަށް ޕޮޒިޓިވް ކަމަށެވެ. އަދި ތަހުގީގު ޓީމުގައި ހިމެނިވަޑައިގަންނަވާ ބައެއް މީހުން ވެސް ޕޮޒިޓިވްވުމާއެކު، ތަހުޤީޤު އެންމެ ހިތްހަމަޖެހޭ ސްޕީޑުގައި ކުރިއަށް ނުދާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، ރައީސް ނަޝިދަށް އަމާޒުކޮށް ދެވުނު ޓެރަރިޒަމްގެ ހަމަލާ ފުލުހުން ވަރަށް އިސްކަމެއް ދީގެން ތަހުގީގުކޮށް ބަލަމުން އަންނަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: