ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮން ހެދުމުގެ ގާބިލްކަން ހުރި މީހުން މުޖްތަމައުގެ ތެރެއަށް ދޫވެފައި އެބަތިބި: އިމްރާން

ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އައިއީޑީ ނުވަތަ ބޮން ހެދުމުގެ ގާބިލްކަން ހުރި މީހުން މުޖްތަމައުގެ ތެރެއަށް ދޫވެފައި އެބަތިބި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ މެންބަރަކު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މި މަހުގެ ހަ ވަނަ ދުވަހު ނަޝީދަށް އަމާޒުކޮށްގެން ދެވުނު ޓެރަރިޒަމްގެ ހަމަލާއަ ގުޅިގެން ކުރަމުންދާ ތަހުގީގަށް އެކަށީގެންވާ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ސީދާ ހަމަލާއާ ގުޅުންހުރި ހަތަރު މީހަކު ހައްޔަރުކުރެވިފައިވާ ކަމަށާއި އެނޫންވެސް ޓެރަރިޒަމްގެ ތަފާތު ހާލަތްތަކާ ގުޅިފައިވާ 14 މީހުން ހައްޔަރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ހައްދުފަހަނާއަޅާފައިވާ ވިސްނުމުގެ ތެރެއިން ނުރައްކާތެރި ހަމަލާތައް ދިނުމުގެ ތަމްރީނާއި ގާބިލުކަން ހުރި 1،400 އެއްހާ މީހުން މުޖުތަމައު ތެރޭގައި އުޅެމުންދާ ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވެފައިވާއިރު، ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އެ މީހުން އަދިވެސް ހައްޔަރުކޮށްފައި ނުވަނީ ކީއްވެގެންތޯ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މިނިސްޓަރު އިމްރާންއާ ސުވާލުކުރެއްވި އެވެ.

އެ ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް ގެނެވުނު އިސްލާހުތަކުން ވެސް އެފަދަ މީހުން ހައްޔަރުކޮށްފައި ބޭތިއްބުމަށް ހައްލެއް ހޯދައި ދެވިފައިވާ ނުވާ ކަމަށެވެ.

“އެފަދަ މީހުން ހައްޔަރުކޮށް ރީހެބިލިޓޭޓު ކުރެވެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބޭތިއްބޭނެ ނިޒާމެއް ގާނޫނުގެ ތެރެއިން ލިބިދޭންޖެހޭ. މުޖުތަމައުގެ ތެރޭގައި އައިއީޑީ ހެދުމުގެ ގާބިލުކަން ހުރި މީހުން އެބަ ތިބި،” އިމްރާން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހަތިޔާރު އުފައްފައްދަން ނުވަތަ ނިޔުކުލިޔަރ ހަދަން އިނގޭ ނުވަތަ ވަކިކަމަކައް ޤާބިލްވުކަކީ އަދި ޓެރަރީސްޓަކައް ވާންޖެހޭ ޝަރުތެއް ނުން ، މިޤައުމުގަ ތިބި ބެކްވޯޑް ތިންކިންގ ގެ ސަބަބުން ކުރިއެރުމެއް ނުލިބޭނެ، ޤާބިލް މީހުންނައް ފުރުސަތު ހަނިކޮށްފަ ކަނޑުކޮހުން ތަންތަނުގެ މަޤާމައް ލީމަ ވާނެހައެތި ތިޔަވީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: