ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ ހާލުކޮޅާ ގޮތުން އިމްރާން ދޮގު ހެއްދެވި ކަމަށް ވިދާޅުވެ، އީވާގެ ނުރުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ހާލުކޮޅާ ބެހޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކައަށް މަޖިލީހުގެ ނައިބު ރައިސް އީވާ އަބްދުﷲގެ ނުރުހުން އަމާޒުވެއްޖެއެވެ.

ބައެއް މީޑިއާތަކަށް ހޯމް މިނިސްޓަރު އިމްރާން މީގެކުރިން ވިދާޅުވެފައި ވަނީ ރައީސް ނަޝީދަށް ލިބިފައިވާ އަނިޔާތަކަށް ބަލާއިރު ފުރާނަ އަށް ނުރައްކާވާ ކަހަލަ އަނިޔާތަކެއް ލިބިފައި ނުވާ ކަމަށެވެ.

މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އިމްރާނު އެފަދައިން ވިދާޅުވީ ކޮން މައުލޫމާތަކަށް ބުރަވެ ހުންނަވައިގެންތޯ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ސުވާލު ކުރެއްވިއެވެ.

ޖަވާބުގައި މިނިސްޓަރު އިމްރާން ވިދާޅުވީ، އެވަގުތު ދައްވާފައިވާ ވާހަކަތަކަކީ އާއިލާއާއި ޑޮކްޓަރުން އެވަގުތަށް ހިއްސާކުރި ވާހަކައެއް ކަމަށެވެ. އަދި މިހާރު ފެންނަ މަންޒަރުންވެސް އެ ބަހަކީ ތެދެއްކަން ފެންނަ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާންގެ ޖަވާބާއި ގުޅިގެން ރިޔާސަތުގައި އިންނަވާ އީވާ ވަނީ އެވާހަކައާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އީވާ ވިދާޅުވީ އެފަދަ އެއްވެސް ވާހަކައެއް ނަޝީދުގެ އާއިލީ މެންބަރަކު ވެސް އަދި އެވަގުތު ނަޝީދު ބައްލަވަމުން ގެންދެވި އެއްވެސް ޑޮކްޓަރަކު ވިދާޅުވެފައި ނުވާ ކަމަށެވެ.

ނަޝީދަށް ހަމަލާ ދިނީ މިމަހުގެ ހަވަނަ ދުވަހުއެވެ. އެއްޗެއް ގޮއްވާލާ ދިން ހަމަލާގައި ނަޝީދަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތެދު ހާމަ ކުރުމުން އީވާ ކެތެއްނުވި.. ބޮން ގޮއްވުމިގެ ތާރީހެއް އޮވޭ ކެނެރީ އާއިލާ ގުޅިފައި.. ޑްރާމާ ކުޅުނީ ..ޑޮކްޓަރުން ލައްވާ ޑްރާމާ ކުޅުނީ…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: