ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ހާލަތު ގޯސްވެ، ހަރުދަނާ ފިޔަވަޅު ނޭޅޭތީ ކުއްލި މައްސަލައެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވާތީ އަވަސް ފިޔަވަޅު އަޅަން ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވާފައިވަނީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ. ކުއްލި މައްސަލަ ބަހުސަށް ހުޅުވާލަން ފާސްކުރީ 23 މެމްބަރުންގެ ވޯޓުންނެވެ. ވަކި ގޮތަކަށް ވޯޓް ނުދެއްވާނެ ކަމަަށް ދެ މެންބަރަކު ވޯޓް ދެއްވިއެވެ. މައްސަލަ ބަލައިނުގަންނަން އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ސައީދު ވިދާޅުވީ، ދައުލަތުގެ ފައިސާ 2020 އިން ފެށިގެން ކޮވިޑްގައި ހަރަދުކޮށް ވަސީލަތްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރާކަމަށް ސަރުކާރުން ބުނަމުން އަންނަކަމަށެވެ. އެހެންނަމަވެސް އެއިން ކަމަކުން ރައްޔިތުންނަށްވި ފަސޭހައެއް ނެތްކަމަށް ސައީދު ވިދާޅުވިއެވެ.

އަދި ބަލި އިތުރަށް ފެތުރު ބަލީގައި މީހުން މަރުވާ ރޭޓް އިތުރުވާތީ އެކަމަށް އަވަސް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސަލަ ހުށަހަޅާ ކަމަށް ސައީދު ވިދާޅުވިއެވެ.

ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ 4 ބިލިއަން ރުފިޔާ ކޮވިޑްގެ ހޭދައިގެ ގޮތުގައި ސީދާގޮތުންނާއި ނުސީދާ ގޮތުން ހަރަދުކޮށްފައިވާކަމަށެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއްގެ ތަހުގީގަށްވެސް ކޮވިޑްގެ ސަބަބުން ހުރަސްއެޅެމުންދާކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ވާހަކައިގެން އެނގިފައިވާކަން ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލީޓީގެ ހާލަތުގެ ގޯސްކަން ސޯޝަލްމީޑިއާގައި ދައުރުވާ މަންޒަރުތަކުން ފެންނަކަމަށެވެ. މިވަގުތުވެސް 70 ރަށް ބަންދުކޮށްފައިވާ 23،000 އަށްވުރެއް ގިނަ އެކްޓިވް ކޭސް ހުރިކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: