ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗީފް ގައިޑް، މެޑަމް ފަޒްނާ ހުޅުމާލޭ ފެސިލިޓީގައި ވޮލަންޓިއަރ ކުރައްވަނީ!

ޗީފް ގައިޑް، މެޑަމް ފަޒްނާ ހުޅުމާލޭ ފެސިލިޓީގައި ވޮލަންޓިއަރ ކުރައްވަނީ/ ފޮޓޯ: ގާލް ގައިޑް އެސޯސިއޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޗީފް ގައިޑް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހުޅުމާލެ ކޯވިޑް ފެސިލިޓީގައި ވޮލެންޓިއަރ ކުރައްވަން ފައްޓަވައިފި އެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ގައުމު މިވަނީ ވޮލަންޓިއަރުންނަށް ބޭނުންވެފަ އެވެ. އަދި ސިއްހީ ނިޒާމަށް ބާރު ބޮޑުވެ، މެޑިކަލް ފެސިލިޓީތަކުގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މިވަގުތު އެންމެ ބޮޑު އެހީއެއް ބޭނުންވެފައިވާ ތަނަކީ، ހުޅުމާލެ މެޑިކަލް ފެސިލިޓީ އެވެ. އަދި ގިނަ އަދަދެއްގެ ޒުވާނުން ދަނީ ވޮލަންޓިއާކޮށް މަސައްކަތްތަކަށް ނިކުންނަމުންނެވެ.

މީގެ ކުރިން ވެސް މެޑަމް ފަޒްނާ ވަނީ، ކޮވިޑު ބަލިން ރަނގަޅުވެ ފުރުސަތު ލިބިއްޖެނަމަ މެޑިކަލް ފެސިލިޓީއެއްގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. މިދިޔަ ލޮކްޑައުންގެ ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރާއި، ގާލްސް ގައިޑް އެސޯސިއޭޝަން އަދި ޔުނިސެފް ގުޅިގެން ހިންގި ޕްރޮގްރާމެއްގައި ފަޒްނާ ބައިވެރިވެވަޑައިގެންފައި ވެއެވެ.

އެކަމަނާ ވިދާޅުވީ ބޭނުމަކީ ގައުމަށް މިހާލަތުގައި ކޮށްދޭކަންކަމުގެ ވާހަކަ ދެއްކުން ނޫން ކަމަށާއި، މައިގަނޑު މަގްސަދަކީ ވޮލަންޓިއާރ ކުރަން މީހުންނަށް ހިއްވަރު ދިނުން ކަމަށެވެ. ޗީފް ގައިޑްގެ ގޮތުން ފަޒްނާ މީގެ ކުރިން ވެސް އެކި ކަންކަމުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.

ފަޒްނާ މިހާރު ގެންދަވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ވޮލަންޓިއާކޮށް މަސައްކަތް ކުރައްވަމުންނެވެ. އެކަމާއި ބެހޭ މައުލޫމާތު ހިއްސާކޮށް، ގާލްގައިޑް އެސޯސިއޭޝަނުން ބުނީ އެކަމަނާ ދައްކުވައި ދިނީ ޒުވާނުނަށް ވަރުގަދަ ނަމޫނާއެއް ކަމަށެވެ.

 

 

ފަސްޓްލޭޑީ ފަޒްނާ ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތަށް ނިކުންނެވީ، ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯއްދެވުމަށް ފަހު އެވެ. އާއިލާއާ އެކަހެރިވެގެން ހުންނެވި މުއްދަތުގެ ތެރޭގައި، ފަޒްނާ ވަނީ ކޮވިޑުން ރައްކާތެރިވާން ހޭލުންތެރިކަން އިތުރުކުރުމުގެ އެކި ކަންކަމުގައި ބައިވެރިވެވަޑައިގެންފަ އެވެ.

މިދިޔަ އަހަރު މާލެ ފުރަބަންދު ކުރި ހިސާބުން ވެސް އެކަމަނާ ވަނީ ވޮލެެންޓިއާކޮށް މަސައްކަތް ކުރައްވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: