ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ލޮކްޑައުން” މި ބަސް ބޭނުން ނުކޮށް މާލެ ލޮކްޑައުންއަކަށް!

ކޮވިޑުގެ ނުރައްކާތެރި ވޭރިއަންޓެއް ފެނި ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައި/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ބުދަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ކާފިއު ގަޑި ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ހެނދުނު 8 އަށް ދެ ހަފުތާގެ މުއްދަތަށް ބަދަލުކޮށް، ފާސް ނެތި ބޭރުގައި އުޅުން މަނާކޮށްފި އެވެ.

މިއީ ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެ، މިފަހުން އެޅި އެންމެ ހަރުކަށި ފިޔަވަޅެވެ. ހުއްދަ ނެތި ބޭރުގައި އުޅުން މަނާ ކުރިއިރު، ސަރުކާރުން ބުނެފައިވަނީ މިއީ ލޮކްޑައުންއެއް ނޫން ކަމަށެވެ.

އެޗްއީއޯސީން ބުނީ ބުދަ ދުވަހުން ފެށިގެން ކާފިއު ނޫން ވަގުތުގައި ކޮންމެ ގެއަކުން ބޭރަށް ނުކުމެވޭނީ ހާއްސަ ފާހެއް ބޭނުންކޮށްގެން ކަމަށެވެ. އަދި ކޮންމެ ގެއަކަށް ވެސް ދެ ފާސް ދޫކުރާނެކަމަށް ބުންޏެވެ.

ފާސްދޫކުރަނީ ދޫކުރަން ހަމަޖެހިފައިވަނީ 2 ގަޑިއިރަކަށް ބަހާލައިގްނެނެ. އެއީ ހެނދުނު 8 އިން މެންދުރު 12 އަށް އަދި މެންދުރު 12 އިން ހަވީރު 4 އަށެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވަމުންދާތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ނިންމިޔަސް މިއީ ލޮކްޑައުންއެއް ނޫން ކަމަށެވެ. ގެއިން ބޭރަށް ނިކުމެވޭ މީހުންގެ އަދަދު ލިމިޓިކޮށް، އުސޫލަށް ގެނައި ބަދަލާއި އެކު ފާސް ނެތް މީހުންނަށް އެއްވެސް ގޮތަކަށް ބޭރަށް ނިކުމެ ނޫޅެވޭނެކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޒަރޫރީ ބޭނުންތަކަށް ޖެހޭނީ، ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް އެކަމަށް ހުއްދައަށް އެދި ހުށަހަޅާށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޗީފް ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ފާސް ދޫކުރާނީ ވަކިވަކި ފަރުދުންނަށް ކަމަށެވެ. އެހެން ކަމުން އެއް ފާހެއްގައި ދެ މީހަކަށް ބޭރަށް ނިކުމެ ނޫޅެވޭނެކަން އޭނާ ފާހަގަ ކުރި އެވެ. އަދި މާލެއަށް ދޫކުރާ ފާހެއް ބޭނުންކޮށްގެން ހުޅުމާލެ ނުވަތަ ވިލިމާލެއަށް ނުދެވެނެ އެވެ. ނުވަތަ ހުޅުމާލެއިންނާއި، ވިލިމާލެއިން މާލެއަށް ނާދެވޭނެ އެވެ.

އަލަށް އެޅި ފިޔަވަޅުތަކާއި އެކު، ފިހާރަތަކުގެ ތެރެއަށް ވަދެ ހިދުމަތް ހޯދުމާއި ރެސްޓޯރަންޓް ކެފޭތަކުގެ ޑައިންއިން ހިދުމަތް މަނާވާނެ އެވެ. އަދި ޓޭކްއަވޭ ހިދުމަތްތައް ވެސް ނުދެވޭއިރު ވިޔަފާރި އުސޫލުތަކާއި ހިލާފުވާނަމަ އެ ކުންފުންޏެއް ނުވަތަ ވިޔަފާރިއެއް 5،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފަ އެވެ.

ފިޔަވަޅުތައް ތަންފީޒު ކުރަން ފަށާނީ ބުދަ ދުވަހުން ފެށިގެން!

  • ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު ހިންގުން
  • ކާފިއު ނޫން ގަޑިތަކުގައި ބޭރަށް ނިކުމެ އުޅެވޭނީ ހަމައެކަނި ފާސް އޮންނަ މީހުންނަށް
  • ކޮންމެ ގޭބީސީއަކަށް ފާސްތައް ދޫކުރާނީ ދެ ދަންފަޅިއަކަށް ބަހާލައިގެން
  • ކޮންމެ ގެއަށް ވެސް ދޫކުރާނީ ދެ ފާސް
  • ކާފިއު ގަޑިތަކުގައި ޑެލިވަރީ ފިޔަވައި އެހެން ހިދުމަތެއް ދިނުން މަނާވާނެ
  • ޑެލިވަރީ ހިދުމަތް ދެވޭނީ ހެނދުނު 6:00 އިން ދަންވަރު 12:00 އަށް
ވަރަށް ގަދަ
60%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 0%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: