ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ކޮންޓްރޯލުން ނެއްޓުނީ އެޕްރީލް މަހު ދިން ލުއިތަކުގެ ސަބަބުން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް ކޮންޓްރޯލުން ނެއްޓުނީ ސަރުކާރުން ދިން ލުއިތަކުގެ ސަބަބުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑްގެ އަދަދުތައް ދަށްވެފައިވަނިކޮށް އެޕްރީލް މަހު އެެއްފަހަރާ ބޮޑެތި ލުއިތަކެއްދިނީ އެޕްރީލް 10ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމަށެވެ. އޭރު ދިން ހުއްދައިގެ ދަށުން ކަރަންޓީން ނުވެ ރަށްރަށަށް ދެވޭގޮތް ހެދުމާއި، ކެމްޕެއިން ކުރުމުގެ ފުރުސަތުގެ ތެރެއިން ހަފްލާތަކާއި އެެއްވެއުޅުން މަނާކޮށްފަ އޮތް އޮތުންވެސް ހުއްދަކުރިއެވެެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ މުޅި ރާއްޖޭގައި ކޮވިޑް ބޮޑަށް ފެތުރެން ފެށި އެއް ސަބަބަކީ އޭޕްރީލް މަހު ކުރީކޮޅު ދެވުނު ލުއިތަކާއި، ރަށްރަށަށް ދަތުރުކުރުމަށް ދިން ފުރުސަތުތައް ކަމަށެވެ. އަދި އިތުރު ކަންކަން ވެސް ކޮވިޑް ފެތުރުމުގެ ސަބަބެއްގެ ގޮތުގައި އޮވެދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“މުޅި ރާއްޖެއަށް ދަތުރުފަތުރު ފަސޭހައިން ކުރެވޭނެ ގޮތްތައް މެދުވެރިވެގެން ދިޔައީ އަދި މާލެ ތެރޭގަވެސް އެއްތަނުން އަނެއްތަނަށް ގޮސް އެކަކު އަނެކަކާ ބައްދަލުވުމުގެ ފުރުސަތު ލިބިގެންދިޔައީ” ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި ކޮވިޑް މެނޭޖްކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ނަމަވެސް މިވަގުތު އޮތީ ކުޑަ ދަތިކަމެއްގެ ތެރޭގައި ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު މިވަނީ ވަރަށް ހިތާމަވެރި ހާލަތެއްގައި ކަމަށާއި އެހެންކަމުން ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން މާދަމާއިން ފެށިގެން އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: