ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ލިބޭ ގޮތަށް މުޅި ސަރުކާރު ގުޅާލުމަކީ އަމާޒެއް: ޝައުނާ

ރައީސް ސޯލިހް، އެންވަޔަރަމަންޓް މިނިސްޓަރަކަށް ޝައުނާ އައްޔަން ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަމާޒަކީ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ލިބޭ ގޮތަކަށް މުޅި ސަރުކާރު ގުޅައިލައި، ޑިޖިޓަލް އައިޑީ ތައާރަފް ކުރުން ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން އިންޓަނެޓުގެ އަގު ހެޔޮ ކުރަންވީ ވައުދުގެ ދަށުން އަގަށް ގެނައި ބަދަލު އިއުލާނު ކުރީ މިއަދު އޮންލައިންކޮށް ބޭއްވި އިވެންޓެއްގައި މިނިސްޓަރު ޝައުނާ ވިދާޅުވީ އިންޓަނެޓުގެ ހިދުމަތަކީ މިއަދު އަސާސީ ހިދުމަތެއް ކަމަށާ، ސަރުކާރުން އިންޓަނެޓުގެ އަގު ހެޔޮކުރީ އެހެންވެ ކަމަށެވެ. އަދި މި ބަދަލު ގެނެސްފައިވަނީ މި ހިދުމަތްދޭ އުރީދޫ އާއި ދިރާގުގެ ބޮޑު އެއްބާރުލުމަކާއެކުގައިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

“އިންޓަނެޓުގެ އަގު ހެޔޮ ކުރަން ކުރި މަސައްކަތުގައި އެނގުނީ އަގާއެކު ސްޕީޑް. މިކަންކަމުގެ ހާލަތު އެބަ އެނގޭ. ޖީމެއިލްވެސް ހުޅުވާ ނުލެވޭ. ފެމެލީ ވައިބަ ގްރޫޕަށްލާ ފޮޓޯތައް އަޅުގަނޑުމެންނަށް ޑައުންލޯޑް ނުކުރެވުން. ދިރިއުޅުމުގެ ހުރިހާ ކަމެއް ކުރުމަށް ވެސް މިއަދު ނެޓަށް ބަރޯސާވޭ،” ޝައުނާ ވިދާޅުވި އެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ކަމާބެހޭ މާހިރުންގެ މަޝްވަރާގެ މަތިން ސަރުކާރުގެ އަމާޒަކަށްވީ އިންޓަރނެޓްގެ ޚިދުމަތަށް ޖުމްލަ ގޮތެއްގައި ހެޔޮ ބަދަލެއް ގެނައުމަށް ކަމަށާއި ސަރުކާރުގެ އަމާޒަކީ މި ޓެކްނޮލޮޖީއާ ދިވެހިރާއްޖެއިން އަރަރާ ހަމަކުރުން ކަމަށެވެ.

ޝައުނާ ވިދާޅުވީ މިކަން ހާސިލުކުރުމަށްޓަކައި ސަރުކާރުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ލިބޭނެ ގޮތަކަށް މުޅި ސަރުކާރު ގުޅާލުމަށްޓަކައި ޑިޖިޓަލް އައިޑީ ގެ ޚިދުމަތް ދޭން ފެށުމަކީ ވެސް ސަރުކާރުގެ އަމާޒެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: