ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫއިން ހައްޔަރު ކުރި ހަރުކަށި ފިކުރުގެ ބަޔަކު ބަންދުން ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މާލޭން މީހަކު ހައްޔަރު ކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރުކަށި ފިކުރާއި ދެކޮޅަށް އައްޑޫ ސިޓީގައި ކުރިޔަށް ގެންދިޔަ، އޮޕަރޭޝަންގައި ހައްޔަރު ކުރި ބައެއް މީހުންގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން އެ މީހުން ދޫކޮށްލައިފި އެވެ.

މި މަހުގެ 06 ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް އައިއީޑީއެއް ގޮއްވާލި ހާދިސާއާއި ގުޅިގެން ފުލުހުންނާއި ސިފައިން ވަނީ މާލޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް ހަރަކާތްތެރިވާން ފަށާފައެވެ. ޓެރަރިޒަމާއި ދެކޮޅަށް މި މަހުގެ 15 ގައި އައްޑޫގައި އޮޕަރޭޝަނެއް ކުރިޔަށް ގެންދިޔައީ، ލިބުނު އިންޓެލް އަކާއި ގުޅިގެންނެވެ.

އޮޕަރޭޝަންގައި ފުލުހުން 09 މީހަކު ހައްޔަރު ކުރިއެވެ. އޭގެ ތެރެއިން، އެކަކު ބަންދުން ދޫކޮށްލީ މި މަހުގެ 23 ގައެވެ.

ފުލުހުން މިއަދު ބުނީ އެ އޮޕަރޭޝަންތަކުގައި ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ތިބި 08 މީހުންގެ ތެރެއިން 05 މީހެއްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެ މީހުން ދޫކޮށްލާފައި ވާ ކަމަށެވެ. މި މީހުން ބަންދުން ދޫކޮށްލިޔަސް ތަހުގީގު ކުރިޔަށް ގެންދާނެކަމަށް ފުލުހުން ބުންޏެވެ.

ހަރުކަށި ފިކުރަށް ނިސްބަތްވާ، 1،300 މީހުން ރާއްޖޭގައި ތިބިކަމަށް ފުލުހުން ބުނާއިރު އެ މީހުން މުޖްތަމައުއަށް ދޫވެފައި ތިބޭ ސަބަބާއި މެދު ދާދިފަހުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ސުވާލު ކުރެވުނެވެ. އަދި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިފައިވާއިރު އެ ބާރުގެ ބޭނުން ނުކުރާ ސަބަބާއި ގުޅޭގޮތުން މަޖިލީހުގެ މެމްބަރުން ސުވާލު އުފެއްދިއެވެ. އެކަމާއި ގުޅިގެން އިމްރާން ވިދާޅުވީ، ޓެރަރިޒަމްގެ ގާނޫނުން ބާރުތަކެއް ލިބިދީފައި އޮތަސް، އެ ގާނޫނަށް ބޭނުންވާ ގިނަ އިސްލާހުތަކެއް އެބަހުރި ކަމަށެވެ. އަދި ހަމައެކަނި ގާނޫނެއް އޮވެގެން ހަރުކަށި ވިސްނުމުގެ މީހެއް ބަންދުގައި ނުބެހެއްޓޭނެކަމަށް އިމްރާން ވިދާޅުވިއެވެ.

އެފަދަ މީހުން ހައްޔަރުކޮށް ބަންދުގައި ބޭތިއްބޭނީ، ލިބޭ އިންޓެލް މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ނުވަތަ ހަމަލާއެއް ދޭން ރާވަމުންދާ ނަމަކަމަށް އިމްރާން ވިދާޅުވި އެވެ. އެހެންވެ، ގާނޫނުތައް އިސްލާހު ކުރުމުގެ މަޝްވަރާ ބަންޑާރަ ނައިބުގެ އޮފީހާއި ދެމެދު ކުރިޔަށްދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ

މައްސަލައިގެ ހައްލެއްގެ ގޮތުގައި އިމްރާން ވިދާޅުވީ، ރަނގަޅަށް އިންތިޒާމު ކުރެވިފައިވާ ރިހެބިލިޓޭޝަން ޕްރޮގާރްމެކެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި އެ މީހުން ބައިތިއްބައިގެން ޕްރޮގްރާމް ކުރިޔަށް ގެންދެވޭނެ އިންތިޒާމު ގާނޫނުގެ ދަށުން ލިބިދޭންޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ. އިމްރާން ވަނީ ދިވެހި މި މުޖްތަމައުގެ ތެރޭގައި އައިއީޑީތައް ހަދައި، ޓެރަރިޒަމްގެ ހަމަލާތައް ދިނުމުގެ ތަމްރީނާއި އެ ގާބިލުކަން ހުރި މީހުން ތިބިކަން ފާހަގަ ކޮށްފައެވެ.

މުޖުތަމައަށް ނުރައްކާތެރި މީހުން ބަންދުގައި ބޭތިއްބުމަށް އަދިވެސް ގާނޫނީ ހުރަސްތަކެއް ހުރިކަމަށް އިމްރާން ވިދާޅުވެފައިވާތީ، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މަޖިލީހަށް ހާޒިރު ކުރުމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވަނީ ހުށަހަޅުއްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: