ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއިން ގޮދަން ރާއްޖެ ގެނެސް، ފުށް އުފެއްދުމުގެ ވިސްނުން އެބަހުރި: އަމްރު

ފޮޓޯ-ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ގެންނަ ކާބޯތަކެތީގެ ސެކިއުރިޓީ ޔަގީން ކުރުމުގެ ގޮތުން ރޯ ގޮދަން ރާއްޖެ ގެނެސް ރާއްޖޭގައި ފުށް އުފެއްދުމުގެ ވިސްނުން ގެންގުޅޭކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯ އިން މިއަދު ބޭއްވި އަހަރީ އާއްމު ޖަލްސާގައި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން އެނގިގެން ދިޔަ އެއް ކަމަކީ ރާއްޖެ އަށް އެތެރެކުރާ ފުޑް ސެކިއުރިޓީގެ ޔަގީންކަން ބޮޑު ކުރަން ޖެހިފައިވާ ކަމެވެ. އެހެންކަމުން ރާއްޖެއަށް ގޮދަން އެތެރެކޮށް ރާއްޖޭގައި ފުށް އުފައްދަން ފެށުމުގެ ވިސްނުން އެސްޓީއޯގެ ފަރާތުން ގެންގުޅޭކަމަށް އަމްރު ވަނީ ބުނެފައެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ މާލެ ސަރަހައްދުގައި ސެންޓްރެލް ވެއާހައުސްއެއް ހަދައި ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަދަ ގުދަންތައް ހަދައި ހިދުމަތް ދިނުމަކީވެސް އަމާޒެއް ކަމަށާއި އެ ކުންފުނީގެ ވިޔަފާރި ރާއްޖޭން ބޭރަށް ގެންދިއުމަކީ ވެސް އެސްޓީއޯގެ މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. މީގެ އިތުރުން ސަރަހައްދީ ބަނދަރުތަކަށް ހާއްސަކޮށް މުދާ ގެނައުން ފުޅާ ކުރަން ވިސްނާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރާ ސަރުކާރުގެ ކުންފުނި އެސްޓީއޯއިން ވަނީ ކޮވިޑް-19 ގެ ސަބަބުން ބޯޑަރު ބަންދުވުމާއެކު ރާއްޖެ ކާޑަށް ޖެހުނަ ނުދޭން ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.

ކާބޯތަކެތީގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް، ބޭރުގެ ގައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަން އަމްރު ވަނީ ފާހަގަ ކުރައްވާފަ އެވެ. ހާއްސަކޮށް ދެމެހެއްޓެނިވި ގޮތެއްގައި ފުޑް ސެކިއުރިޓީ ގާއިމް ކުރެވޭނީ، ރާއްޖޭގައި ވެސް ގޮވާންކޮށް، ދަނޑުވެރިކަމުގެ ބާވަތްތައް އިތުރުކޮށްގެންކަމަށް އޭނާ ވިދާޅުވި އެވެ.

އަމްރު މިހެން ވިދާޅުވީއިރު ރާއްޖޭގައި ކާބޯތަކެތީގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް، އެގްރިސެންޓާގެ ނަމުގައި ދަނޑުވެރިން އުފައްދާ ބާވަތްތައް ގަނެ އެ ވިއްކައި މާކެޓު ކުރުމުގެ މަސައްކަތް އެސްޓީއޯއިން ވަނީ ފަށާފަ އެވެ.

އެސްޓީއޯއިން ރާއްޖޭގައި ކާބޯތަކެތީގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކުގެ ތެރެއިން ދިވެހި ދަނޑުވެރިން އުފައްދާ ތަކެތި ގަތުމަށް އެގްރިސެންޓަރެއް ވަނީ ގާއިމްކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: