ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއިން ހިއްސާއަކަށް 60 ރުފިޔާ ބަހަން ފާސްކޮށްފި

އެސްޓީއޯ އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ބޯޑު މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ މައި ކުންފުނި އެސްޓީއޯގެ ކޮންމެ ހިއްސާދާރަކަށް މިދިޔަ އަހަރު އެކުންފުންޏަށް ލިބުނު ސާފް ފައިދާއިން 60 ރުފިޔާ ބަހަން ފާސްކޮށްފި އެވެ.

މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 60ރ. ބަހަން ނިންމިއިރު، އެ ކުންފުނިން 2019 ވަނަ އަހަރު ހިއްސާ އަކަށް ބަހާފައިވަނީ 58ރ. އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާނަމަ ދެ ރުފިޔާގެ އިތުރު ވުމެކެވެ.

އެސްޓީއޯ އިން ހިއްސާ އަކަށް ބަހާ އަދަދު މަތި ކުރީ މިދިޔަ އަހަރު ލިބުނު ފައިދާ ބޮޑުވެގެނެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ބޮޑު ފައިދާއިން ލިބުނު އެއް ސަބަބަކީ ކޮވިޑް-19 އިގެ ސަބަބުން ރާއްޖެއަށް ބޭނުންވާ މެޑިކަލް ސާމާނުގެ ބޮޑުބައެއް އެ ކުންފުނިން ރާއްޖެ ގެނެސްފައި ވާތީ އެވެ.

އެސްޓީއޯއިން މިއަދު ބޭއްވި އަހަރީ އާއްމު ޖަލްސާއަށް 941،842 ހިއްސާ ތަމްސީލް ކުރާ 682 ހިއްސާދާރުން ބައިވެރިވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: