ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދާ ރޭޓުން އެމްޑީޕީއާ ދެކޮޅު މީހުންގެ ދޫބުރިކުރުން ވެސް ހުށަހަޅާނެ: މަލީހް

މުހައްމަދު މަލީހު ޖަމާލް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދާ ރޭޓުން އެމްޑީޕީއާ ދެކޮޅު މީހުންގެ ދޫބުރިކުރުން ހުއްދަކުރާ އިސްލާހުވެސް ހުށަހަޅާނެ ކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވެފައިމިވަނީ މުސްލިމަކަށް ކާފަރެއްގެ ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް، ޤާނޫނުލްޢުޤޫބާތު އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅިގެންނެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އެވެ.

އެގޮތުން މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދާ ރޭޓުން ދާނަމަ އެމީހުނާ ދެކޮޅު މީހުންގެ ދޫބުރިކުރުން ހުއްދަކުރާ އިސްލާހުވެސް އެމްޑީޕީން ހުށަހަޅާނެ ކަމަށެވެ.

”ދޫބުރިކުރިޔަސް އިޝާރާތުބަހުންވެސް ގޮވާނެ. ލާދީނީ ގޮވޭނެ.” މަލީހް ވިދާޅުވިއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްޔެ މަޖިލީހުގައި އިއްވާފައިވާއިރު، މި ބިލުގައި ވަނީ ނަފްރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު ބައިތަކެއް އިތުރުކުރުމަށް އިސްލާހުތަކެއް ހުށަހަޅާފައެވެ.

އެ އިސްލާހުތަކުގެ ތެރޭގައި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން ކުށަކަށް ހެދުމަށް ވަނީ ހުށަހަޅާފައެވެ.

އަދި އާންމު ތަނެއްގައި މުސްލިމަކު ކާފަރުކުރުން ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމާއި، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްކަމަށް ތުހުމަތުކުރުން ވެސް ކުށަކަށް ހަދަން ވަނީ އިސްލާހު ހުށަހަޅާފައެވެ.

ބިލުގައިވާ ގޮތުން މި ކުށްތަކަކީ ޖުނަހްގެ އެއްވަނަ ދަރައިގެ ކުށްތަކެވެ. އެފަދަ ކުށެއްގެ އަސާސީ އަދަބަކީ އެއް އަހަރުގެ ޖަލު ހުކުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކުރާކައްނެތް ކޮށްފި އަދާލަތު އޮވެގެން ކުރީ އެކަންވެސް ، ޓެރަރިޒަމް ޤާނޫން ފާސްކުރިއިރު ސޭކު އިމްރާން ބުނީ އިސްލާމްދީނައް އަމާންކަމޭ ކޮބާ ސޭކު އިޔާޒު އާބޒައިދު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: