ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީހަކާ ދިމާލަށް ލާދީނީ އޭ ބުނުމާ، ކާާފަރެކޭ ބުނުމާ އެއީ ތަފާތު ދެކަމެއް: އަލީ ހުސައިން

ކެންދޫ ދާއިރާގެ މަޖިލީސް މެންބަރު އަލީ ހުސައިން
ޝެއާރކޮށްލާ ކަހަލަދޯ؟

މީހަކާ ދިމާލަށް ލާދީނީ އޭ ބުނުމާ، ކާާފަރެކޭ ބުނުމާ އެއީ ތަފާތު ދެކަމެއް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު މާއްދާތަކެއް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ ބިލެއް ހުށައަޅުއްވާފަ އެވެ. އެބިލްގައި އާންމު ތަނެއްގައި ވަކި މީހަކަށް ނިސްބަތްކޮށް އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފުރަތު އުފެއްދުން އުފެއްދުން ކުށަކަށް ހަދަން ވަނީ ހުށަހަޅާފަ އެވެ.

މިކަމާ ގުޅިގެން އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީހަކާ ދިމާލަށް ލާދީނީ އޭ ބުނުމާ، ކާާފަރެކޭ ބުނުމާ އެއީ ތަފާތު ދެކަމެއް ކަމަށެވެ.

”އިސްލާމްދީނާއި ދެކޮޅު މީހެކޭ ބުނުމާ، އެ މީހަކީ މުރުތައްދު ވެފައިވާ މީހެކޭ ބުނުން ތަފާތު ދެއްތޯ؟“ އަލީ ހުސައިންގެ ޓްވީޓްގައިވެއެވެ.

އިސްލާމްދީނާއި ދެކޮޅު ކޮންމެ މީހަކީ އަދި ކާފަރަކަށް ނުވެ ހިނގައިދާނެ ކަމަށް އަލީ ހުސައިން ބުނެފައިވެއެވެ.

މުސްލިމަކު ކާފަރުކޮށް އެ މީހާއާމެދު އަނިޔާވެރި ވުމަށް ހިތްވަރުދީ ނުވަތަ އެކަމުގައި ބައިވެރިވެ އަދި އަނިޔާއަށް ދިނުމަށް ރޭވުމަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށަކަށް ހަދަން ވެސް ބިލުގައި ވަނީ ހިމަނާފައި ވެއެވެ. އެ ދަރަޖައިގެ ކުށަކަށް އެންމެ ގިނަވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ.

މި އިސްލާހާ މެދު ދީނީ އިލްމުވެރިންނާއި ދިވެހި ރައްޔިތުންގެ އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: