ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ހިތާމައަކީ ކަނު ލޯބީގައި ޖެހި ސަޕޯޓަރުންނަށް ނުވިސްނޭތީ”

ޝެއިޙު އަލީ ޒައިދު..... ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިތާމައަކީ ކަނު ލޯބީގައި ޖެހި ސަޕޯޓަރުންނަށް ނުވިސްނޭތީ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މުސްލިމަކަށް ކާފަރެއްގެ ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް، ޤާނޫނުލްޢުޤޫބާތު އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް، ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުމާއި ގުޅިގެން އެކަމުގައި ދީނީ އިލްމުވެރިންގެ މެދުގައި ވެސް ވަނީ ހިޔާލު ތަފާތުވުންތައް އުފެދިއެވެ.

އެގޮތުން ގާނޫނަށް އެފަދަ އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމުން އެކަމަށް ނުސީދާކޮށް ފާޑުވިދާޅުވެ ޝެއިހް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިސްލާމީ މުޖުތަމަޢެއްގައި ‘ފިތުނަ އުފައްދާ މީހުންނަކީ’ ދީނާ ޚިލާފަށް ވާހަކަ ދައްކާ މީހުން ކަމަށެވެ. މީގެއިތުރުން ދީނުގެ އަސާސްތަކަށް ފާޑުކިޔާ މީހުންނާއި، ސިޔާސީ ގޮތުންދައްކާ ވާހަކައޭ ބުނެ ހެއްދެވި ނެހެއްދެވިއަށް ގޮވާ މީހުންނަކީ ވެސް އިސްލާމީ މުޖުތަމައުއެއްގައި ދީނާ ހިލާފް ވާހަކަދައްކާ މީހުން ކަން ޝެއިހް ވަނީ ފާހަގަކުރައްވައިފިއެވެ.

https://twitter.com/alizaid1000/status/1400754881862914052?s=20

މީގެ އިތުރުން ޝެއިހް ޒައިދު ވަނީ އެބޭފުޅާގެ ޓްވީޓްގައި ހިތާމައަކީ ކަނުލޯބީގައި ޖެހި ސަޕޯޓަރުންނަށް އެކަންކަން ނުވިސްނޭތީ ކަމަށްވެސް ވިދާޅުވެފައެވެ.

އެގޮތުން ހިސާން މަޖިލީހަށް ހުށަހެޅި އެ އިސްލާހުގައި ވަނީ، އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން ކުށަކަށް ހަދައިދިނުމަށްވެސް އެދިފައެވެ. ހިސާން މަޖިލީހަށް ހުށަހެޅުއްވި ބިލަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ތާއިދުކުރައްވައިފަ އެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

4 Responses

  1. މީނާ މީ މާ މަޝްހޫރު މީހަކަށްވީ ކޮން އިރަކު؟ ތަނެއް ދޮރެއް ނުބަލާ މީހުންނާ ދިމާއަށް ކޮންމެ ކޮންމެ އެއްޗެއް ގޮވާމީހާ މަޝްހޫރުވަންޏާ އެންމެ އަނގަހުތުރު މީހާތާ މަޝްހޫރުވާނީ.

  2. އަނދިރި ދައުލަތުގެ ބޭކަލުން ތިބެންވާނީ ތިހެން އަބަދު އަނދިރިވެފަ. ޢޭރުން ދައުލަތް ހިންގޭނީ

  3. ލާދީނީ މީހަކު ގާނޫނެއް ގެ ސަބަބުން ދީނީ މީހަކައް ވާނެތަ؟ ދީނީ މީހަކު ބަޔަކު ލާދީނީ އޭ ބުނީމަ ލާދީނީ މީހަކައްވާނެތަ…. ހަމަ ކަށަވަރުން ކީރިތި ޤުރާން އާއި ރަސޫލާ ގެ ސުންނަތް ނޫން ގޮތެއް ހޯދުމައް އެދޭމީހާ އެވަނީ މަގުގެއްލިފައި.. ކިތަންމަވަރަކައް ނާމާދު ކުރިއަސް ރޯދަ ހިފިއަސް.. އިސްލާމީ ޝަރީއާގައި ކަނޑައެޅިފައިވާ ހުކުމްތަކާ މެދު ދެކޮޅު ހަދާމުން ދަނީއެދަނީ އެ ހުކުމް ތަކަކައް ނޫން މާތް ﷲ ގެ އަމުރުފުޅުތަކައް.. އެމީހާ ލާދީނީ މީހަކައްނުވެ ވަނީ އެންމެ މަތީ ދީނީ އިލްމް ވެރިޔާ އަށް ތޯ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: