ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޕީއެލް ހިޔާގައި ތިބި ބިދޭސީންނަށް އަންނައުނު ފޯރުކޮށްދޭން އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ގާއިމުކޮށްފައިވާ އެމްޕީއެލް ހިޔާގައި ތިބި ބިދޭސީންނަށް އަންނައުނު ފޯރުކޮށްދީ އެމީހުން ކޮވިޑަށް ޓެސްޓު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ކަމާ ގުޅުން ހުރި އިދާރާތަކަށް އަންގައިފިއެވެ.

“އެމްޕީއެލް ހިޔާ”ގައި ބައިތިއްބާފައި ތިބީ، ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވެފައިވާ ފަރާތްތަކުގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތި ނުވަތަ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން ރެގިއުލަރައިޒްވުމަށް ރަޖިސްޓްރީކޮށްފައި ނުވާ ބިދޭސީ މަސައްކަތްތެރީންނެވެ. މި މީހުން އަނބުރާ ގައުމަށް ފޮނުވާލެވެންދެން ބައިތިއްބާފައި ވަނީ އެތަނުގައެވެ.

އެ ބިދޭސީން ބައިތިއްބާފައިވާ ހިޔާއަށް އެޗްއާރްސީއެމުން މޭ 31 ވަނަ ދުވަހު ގޮސްފައިވާއިރު، އެ ޒިޔާރަތާއި ގުޅޭގޮތުން ދައުލަތުގެ ކަމާގުޅޭ އެކި އިދާރާތަކަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި، އެމް.ޕީ.އެލް ހިޔާގައި ތިބި ބިދޭސީ މަސައްކަތްތެރީން ކޮވިޑް-19އަށް ޓެސްޓުކޮށް، ނަތީޖާ ލިބުމާ ހަމައަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ބޭތިއްބުމާއެކު އަލަށް މަރުކަޒަށް ގެންނަ ފަރާތްތައް ވަކިވާނެހެން ބޭއްތިއްބޭނެ ނިޒާމެއް ވަގުތުން ކަނޑައެޅުން ހިމެނެއެވެ. މީގެއިތުރުން، އެމް.ޕީ.އެލް ހިޔާއަށް ގެނެވޭ ބިދޭސީ މަސައްކަތްތެރީން ލަސްވެގެން 24 ގަޑިއިރު ތެރޭގައި ޑޮކްޓަރަކަށް ދައްކައި ސިއްހީގޮތުން ކޮންމެހެން ދޭންޖެހޭ ފަރުވާއެއް ހުރިކަން ނުވަތަ ނޫންކަން ކަށަވަރުކުރުމާއި އަދި ދާއިމީ ބައްޔަކަށް ބޭސްކުރާ ފަރާތެއްނަމަ، ކާންޖެހޭ ބޭސް މެދު ނުކެނޑޭނެ ގޮތަކަށް ލިބޭކަން ކަށަވަރުކުރުން ހިމެނެއެވެ.

މީގެއިތުރުން، ހުށަހަޅާފައިވާ އިތުރު ހުށަހެޅުންތަކުގެ ތެރޭގައި، މަރުކަޒުގައި ތިބި ބިދޭސީ މަސައްކަތްތެރީންނަށް އެފަރާތްތައް މަރުކަޒަށް ގެންދެވުނު ސަބަބާއި، އަދި އެތަނުގައި ބައިތިއްބާނެ މުއްދަތު އެންގުމާއެކު އެތަނުގައި ތިބި ބިދޭސީ މަސައްކަތްތެރީންގެ އަންނައުނު ލިބޭނެ އިންތިޒާމް ހަމަޖެހެންދެން، އެފަރާތްތަކަށް ބޭނުންވާ އަންނައުނު މިހާރުން މިހާރަށް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ހަމައެހެންމެ، އެމް.ޕީ.އެލް ހިޔާ އަށް ގެނައުމުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރީންގެ އަތުން އަތުލާފައިވާ ތަކެތި އެފަރާތްތަކަށް ހަވާލުކުރާނެ މުއްދަތެއް ކަނޑައަޅައި، އެކަން އެފަރާތްތަކަށް އަންގައި ތަކެތި ހަވާލުކުރަންވެސް އެޗްއާރްސީއެމުން ވަނީ އަންގާފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މި ޒިޔާރާތަށްފަހު އެކުލަވާލާފައިވާ ރިޕޯޓުގައި ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކަށް ހުށަހެޅި އިތުރު ހުށަހެޅުންތަކަށްބަލާއިރު، އެމް.ޕީ.އެލް ހިޔާ އަށް ގެނެވޭ ފަރާތަކީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތެއްނަމަ، އެފަރާތަކަށް ލިބެންޖެހޭ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ހަމައެހެންމެ، އެތަނަށް ގެނެވޭ ބިދޭސީ މަސައްކަތްތެރީންގެ ތެރެއިން ވަޒީފާގައި އުޅޭ ފަރާތްތަކަށް އެފަރާތަށް ވަޒީފާދިން ފަރާތަށް ގުޅައި ވާހަކަދެއްކޭނެ އިންތިޒާމް މިހާރުން މިހާރަށް ހަމަޖެއްސުމާއި، އަދި އެފަރާތްތައް ރާއްޖެއިން ފޮނުވާލުމުގެ ކުރީން އެފަރާތްތަކުން ކުރި މަސައްކަތްތަކަށް ލިބެންޖެހޭ ޙައްޤު އުޖޫރަ ލިބޭނެ އިންތިޒާމު ހަމަޖައްސައި އެކަން ކަށަވަރު ކުރުމަށްވެސް ވަނީ އެޗްއާރްސީއެމުން ވަނީ އަންގާފައެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެއްޗެހި ބަލައިގަންނާނެ އިންތިޒާމެއް ހަމަޖައްސާފަ އަންގާލާ. މާތް ދަރުމަޔަށް ހަދިޔާކުރާނެ މީހުންވާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: