ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމްގެ ވޯޓާ ނުލަައި ހިސާންގެ ބިލު ފާސްކުރާނަން: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެންބަރު އިބޮރާހިމް ރަޝީދު ( ބޮންޑާ) - (ފޮޓޯ - މަޖިލިސް)
ޝެއާރކޮށްލާ ކަހަލަދޯ؟

މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުން ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހު، މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވޯޓާނުލައި ފާސްކުރައްވާނެ ކަމަަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.

ބޮންޑެ މިހެން ވިދާޅުވީ ހިސާންގެ ބިލު ގާނޫނަކަށް ވެއްޖެ ނަމަ ރާއްޖޭގައި ފިތުނަ ފަސާދަތައް އިތުރުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ސަރުކާރު ދެމިއޮންނަން ތާއީދު ކުރާ އެކަކު ވެސް މިހާރު އެ ބިލް އޮތް މަފްހޫމުގައި އެ ފާސްކުރަން ތާއީދު ނުކުރާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނުމާ ގުޅިގެންނެވެ.

އެގޮތުން ބޮންޑޭ ވިދާޅުވީ ކޮންމެ ސަރުކާރަކަށް ބިރުދައްކައިގެން ދައުލަތުގެ ހަޒާނާ ލޫޓުވައިގެން އަބަދު ވިޔަފާރި ކުރަން ފުރުސަތެއް ނުލިބޭނެ ކަމަށެވެ.

“މުސްލިމުނާ ދިމާލަށް ކާފަރެކޭ ގޮވުން މަނާކުރާ ބިލް ފާސްކުރަން 2 އަހަރު މަޖިލީހަށް ހާޒިރުނުވާ މީހާގެ ވޯޓެއް ބޭނުމެއްނޫން. މާތްﷲ ގެ އިރާދަފުޅުން ބިލް ފާސްކުރާނަން” ބޮންޑޭ ވިދާޅުވިއެވެ.

މަޖިލީހުގައި އޮތް އިސްލާހުގައި އާންމު ތަނެއްގައި ވަކި މީހަކަށް ނިސްބަތްކޮށް އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފުރަތު އުފެއްދުން އުފެއްދުން ކުށަކަށް ހަދަން ވަނީ ހުށަހަޅާފަ އެވެ.

އިސްލާހާ ގުޅޭގޮތުން ޖޭޕީން ނެރުނު ބަޔާނެއްގައި ބުނެފައިވައިވަނީ، ބިލު މިހާރު މަޖިލީހަށް ހުށަހަޅާފައިއޮތް ގޮތަސް އެ މަފްހޫމުގައި ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށްފިނަމަ، ރައްޔިތުންގެ މަޖިލީހާއި އެނޫންވެސް ތަންތަނުގައި ﷲ ތައާލާގެ ހަޟްރަތަށާއި އެކަލާންގެ ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ވާހަކަދައްކާ ހަދާ މީހުންނަށް ހުޅުވައިދެވެނީ އެކަން ކުރުމުގެ ޤާނޫނީ ދޮރެއް ކަމަށެވެ.

އަދި މިހާރު ހުށަހަޅާފައިވާ އިސްލާހަށް މެމްބަރަކު ވޯޓުދީފި ނަމަ އެކަމަކީ މެމްބަރުން ކޮށްގެން ތިބިހުވަޔާ ހިލާފަށް ކުރެވޭ ކަމަކަށް ވާނެ ކަމަށްވެސް ޖޭޕީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ދީނަށް ލޯބިކުރާ އެއްވެސް މެމްބަރަކު މި އިސްލާހަށް ވޯޓު ދީފާނެތޯވެސް ސުވާލު އުފައްދާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. މުސްލިމެއްގެ ބޯޑުޖަހައިގެން ރާބޮއެފަ ގުރުއާނާ ނަބިއްޔާއައް ފުރައްސާރަ ކުރުމަކީ މުސްލިމަކު ކުރާނެ ކަމެއްނޫން ވީމާ ރައްޔިތުން މިސަރުކާރު ކުޑަކަކުލައް ތިރިކުރާނެ ދުވަސް އަންނާނެ

  2. ސަރުކާރު ކުޑަކަކުލަށް ތިރިކުރުން،ސަރުކާރު ވައްޓާލަން އުޅުން ތިޔަ ފާޑުގެ ވާހަކަ ތައް ވިދާޅުވަމުން އަންނަނީ އަބަދުވެސް އެކަން ކުރަން ކައުހިއްކައިގެންފައި ތިބި ބަޔަކުހެން ހީވަނީ ” ބަލަގަ ކެނެރީގެ މުހައްމަދު ނަޝީދު ދުނިޔެއަށް އުފަންވި ޖީލަކީ ދިވެހިރާއްޖޭގައި އިސްލާމް ދީނުގެ މަފްހޫމްތައް އެންމެ ވަރުގަދަޔަށް ހިންގި ދުވަސްްވަރު” އަނެއްކާ ރައީސް ނަޝީދު އެބަ ވިދާޅުވޭ ތިމަންނައަކީ އިސްލާމް ދީންމަތީގައި ހުރި ބޭފުޅެކޭ އެހެންވީއިރު މުސްލިމަކާއި ދިމާލަށް ކާފަރެކޭ ނުބުނެވޭނެ. ތިޔަ ބިލަށް އަޅުގަނޑު ތާއީދު ކުރަން .

  3. ކޮބާ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންގެ ބިލް. އެބިލް ފުރަތަމަ ފާސްކޮށްލާ. ދެން ތި ކާފަރެކޭ ނުގޮވޭގޮތަށް އޮތް ބިލް ފާސްކޮށްލާ. އޭރުން ބަނގުރާ ވިއްކައިގެން ކައިބޮއިއުޅޭ މީހުން ހަމަޖެހިދާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: