ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކިވަކި ސިފައިން އިންކުއަރީއަށް ހާޒިރުކުރަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގައި ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް އެމްއެންޑީއެފްއިން އަންގާފައި ވަނިކޮށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކުރަން ފަށައިިފި އެވެ.

ރައްޔިތުންގެ މަޖިލީހުން ރޭ ބުނީ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީގެ މަަސައްކަތް މިރޭވެސް ކުރިއަށް ދިޔަ ކަމަށެވެ. އަދި މިރޭގެ ބައްދަލްވުމުގެ ހަަތަރު ފޮޓޯއެއް ވަނީ ހިއްސާކޮށްފައެވެ.

އެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރި ބޭފުޅުންގެ ތެރޭގައި ލެފްޓިނަންޓް ކާނަލް ހުސައިން ފައިރޫޝް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް އެ ބައްދަލުވުންތަކުގެ ތަފުސީލެއް މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ.

ވަކިވަކި ސިފައިން ހާޒިރުނުކުރެވޭނެކަން ފާހަގަކޮށް މީގެ ކުރިން އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސިފައިންގެ ކޮންމެ މީހަކުވެސް އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހުތިޔާރުގެ ބޭނުން ހިފާ ގޮތާ މެދު އަދި އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާ މެދު ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސް ކަމަށް ސިފައިންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: