ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނު ތަންފީޒް ނުކުރާ އިދާރާތަކުގެ ވެރިން ބޮޑެތި އަދަދުން ޖޫރިމާނާ ކުރަންޖެހޭ: ބޮންޑެ

ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނު ތަންފީޒު ނުކުރާ އިދާރާތަކުގެ ވެރިން ބޮޑެތި އަދަދުން ޖޫރިމާނާ ކުރަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ހުށަނާޅައިފިނަމަ ބޮޑު ޖޫރިމަނާއެއް ހިމަނައި، އާ ގާނޫނެއް އެކުލަވާލައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުމާއި ގުޅިގެންނެވެ.

އެގޮތުން ބޮންޑޭ ވިދާޅުވީ ގާނޫނު ތަންފީޒް ނުކުރާ އިދާރާތަކުގެ ވެރިން ބޮޑެތި އަދަދުން ޖޫރިމާނާ ކުރަންޖެހޭ ކަމަށާއި މަރު ސާބިތުކުރުމަށްފަހު، މަރުވި މީހާގެ ވާރިސުން ކަމާބޭހޭ ދައުލަތުގެ އިދާރާ ކައުންސިލް ނުވަތަ އެނޫންތާކަށް ލިއުންތައް ހުށަހެޅުމުން ވެސް 12 އަހަރުފަހުން ވެސް ވޯޓުލާ ލިސްޓުގައި މަރުވިމީހާގެ ނަން އޮންނަ ކަމަށެވެ.

އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ގާނޫނުގެ ނަމުގައި ހުށަހަޅާފައިވާ އެ ބިލުގައި ބުނެފައިވާ ގޮތުން ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި، އެ ކުއްޖެއްގެ އުފަންވުން ރަޖިސްޓްރީކުރުމަށްޓަކާ އެ ކުއްޖާ އުފަންވީ ރަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހަޅަން ވާނެއެވެ. އެގޮތުން އެކަން ކުރުމަކީ ކުއްޖާގެ މައިންބަފައިންގެ މައްޗަށް އަދި މައިންބަފައިން ނެތްނަމަ ބަލަދުވެރިޔާގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ބުނެފައިވެއެވެ.

އަދި އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ހުށަނާޅައިފިނަމަ ކުއްޖާގެ މައިންބަފައިން ނުވަތަ ކުއްޖާގެ ބަލަދުވެރިޔާ 10،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: