ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލައިފް ސަޕޯޓަށް 10 އަހަރު: 10 މުވައްޒަފުންނާއެކު ފެށި ވިޔަފާރި މިހާރު އެންމެ އުހުގައި!

ލައިފް ސަޕޯޓްގެ ވައިޓަލް ކެއަރ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: ލައިފް ސަޕޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ސިއްޙީ ހިދުމަތް ދިނުމަށްޓަކައި އުފައްދި ކުންފުންޏެއް ކަމަށްވާ “ލައިފް ސަޕޯޓް”ގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފަށައިފިއެވެ.

ސިއްހީ ދާއިރާއިގައި ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި، ލައިފް ސަޕޯޓްގެ ނަމުގައި ކުންފުންޏެއް ވުޖޫދަށް ގެނެވިފައިވަނީ 2011 ވަނަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހެވެ. އެހެންކަމުން އެ ކުންފުނީގެ 10 ވަނަ އަހަރީ ދުވަހާއި ގުޅިގެން، ފާއިތުވި 10 އަހަރު ދުވަހު އެ ކުންފުނިން ދީފައިވާ ހިދުމަތްތައް ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ނިންމައިފައެވެ.

ހިތަދޫގައި ލައިފް ސަޕޯޓްގެ ފާމަސީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: ލައިފް ސަޕޯޓް

ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދިނުމަށްޓަކައި، ފާރމަސޫޓިކަލްގެ އިތުރުން، ނިއުޓްރިޝަންލް، މެޑިކަލް ކޮންސިއުމަބަލްސް، ޖެނެރަލް ކޮންސިއުމަބަލްސް ރީޓެއިލް އަދި ހޯލްސޭލް ކުރުމުގެ އިތުރުން ހެލްތްކެއަރ ސާރވިސްގެ ހިދުމަތްވެސް އެކުންފުނިން ދަނީ ދެމުންނެވެ. އެގޮތުން ލައިފް ސަޕޯޓް ކުންފުނީގެ ދަށުގައި މިއަދު 54 މުވައްޒަފުން މަސައްކަތް ކުރަމުން ގެންދާއިރު، ކުންފުނީގެ ހިދުމަތްތައް ފުރަތަމަ ފަށާފައިވަނީ 10 މުވައްޒަފުންނާއި އެކުގައިއެވެ.

ސަންގަށް މައުލޫމާތު ދެއްވަމުން  ލައިފް ސަޕޯޓްގެ ފަރާތުން އަޙްމަދު ޝަމްއޫން ވިދާޅުވީ، 10 އަހަރު ފާހަގަކުރަމުން ދާއިު ކުންފުނި ކުރިއަރައިގެން ދިޔުމުގެ އެންމެ ބޮޑު ސަބަބަކީ ރައްޔިތުން އިތުބާރު ކުރާ ފަދަ ޚިދުމަތްތަކެއް ދެވުންކަމަށާޢި، އަދި ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތްކަމަށެވެ. ޝަމްއޫން ވިދާޅުވީ، ލައިފް ސަޕޯޓްގެ ފާމަސީތައް މިއަދު ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުން ރާއްޖެތެރޭ ރަށްތަކުގައިވެސް ހިންގަމުންދާކަމަށެވެ. އެގޮތުން، މާލޭގައި ލައިފް ސަޕޯޓް ވައިޓަލް ކެއާރ، އެލް. އެސް ވައިޓަލް ކެއާރ 7 ގެ ނަމުގައި ފާމަސީތަށް ހިންގެމުންދާއިރު، ފ.ނިލަންދުގައި އަދި އައްޑު އަތޮޅު ހިތަދޫގައިވެސް އެ ކުންފުނިން ދަނީ ފާމަސީގެ ހިދުމަތް ދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

“ފާހަގަކޮށްލަން ޖެހެނީ، ލައިފް ސަޕޯޓްއިން އީކޮމާރސް ތައާރަފް ކުރުމުގެ ގޮތުން ފާމަސީ.އެމްވީ ގެ ނަމުގައި އޮންލައިންކޮށް ބޭސް އަދި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރިން ކޮސްމެޓިކްސްއާއި ޕާރސަނަލް ހައިޖީންއަށް ބޭނުންވާތަކެތި އޮންލައިންކޮށް އޯޑަރކުރެވޭނެ އެޕްލިކޭޝަނެއް ތައާރަފްކޮށް ހިދުމަތްދެމުން ގެންދާކަން”

މިނިސްޓްރީ އޮފް އެޑިއުކޭޝަން އަށް 1000 ސެނެޓައިޒަރ ފުޅި ހަދިޔާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: ލައިފް ސަޕޯޓް

ލައިފް ސަޕޯޓްގެ މައިގަނޑު އަމާޒަކީ ސިއްހީގޮތުން ދުޅަހެޔޮކަމަށް ހޭލުންތެރި މުޖުތަމައެއް ބިނާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި އެފަދަ ކަންކަމުގައި ބައިވެރިވުންކަމަށާއި، ކޮވިޑް 19 ރާއްޖޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ މިދަނޑިވަޅުގައި، ލައިފް ސަޕޯޓްގެ މުވައްޒަފުން ދަނީ ގޭގައި ތިބިގެން މަސައްކަތް ކޮށްގެންވެސް، ކުންފުނިން ދެމުންދާ ހިދުމަތްތައް އެންމެ ފުރިހަމައަށް ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދެމުންކަން އުފަލާއެކުގައި ޝަމްއޫނު ވަނީ ފާހަގަކޮށްފައެވެ.

ލައިފް ސަޕޯޓްގެ ވައިޓަލް ކެއަރ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: ލައިފް ސަޕޯޓް

ކުންފުނީގެ މުސްތަގުބަލްގެ ޕްލޭންތައް ގިނަކަން ފާހަގަކުރައްވަމުން ޝަމްއޫން ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ކުންފުނިން ކުރުމަށް ހުރި ކަންތައްތަކުގެ ތެރޭގައި ސިއްހީ ދާއިރާ ތަރައްގީކުރުމަށްޓަކައި ޑަކްޓަރުންނާއި ނަރުހުން ތަމްރީންކުރުމާއި، ބޭރުގެ ކަމާއިބެހޭ މާހިރުން ގެނެސް ވޯކްށޮޝޮޕްތައް ބޭއްވުން ހިމެނޭކަމަށެވެ. މީގެއިތުރުން، ރާއްޖޭގެ އެކި ބަލިތަކަށް ރައްކާތެރިވެ އެކެއެކި ބަލިތަށް ތަހައްމަލްކުރަމުންދާ ފަރާތްތަކަށް ހާއްސް އެހީތެރިކަން ފޯރުކޮށްދިނުމާއި، ރިސާރޗް އެންޑް ޑިވެލޮޕްމަންޓް ގެ ދާއިރާއިން ކުރަންޖެހޭ ކަންތައްކުގައި މިކުންފުނީގެ ކެޕޭސިޓީން އެކަމަކަށް ބޭނުންވާ ރިސޯސް ހޯދައިދީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަޅުތަކާއި ހޭލުންތެރިކުރުމުގެ ގޮތުން ހިންގިދާނެ އެކިއެކި ކަންކަމުގައި ތަމްރީން ދިނުމާއި އެކަމުގައި ލިބެންޖެހޭ މައުލޫމާތު ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އަހައްމިޔަތުކަމެށް ދިނުމަށް ރޭވިފައިވާކަަމަށްވެސް ވިދާޅުވިއެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: