ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލައިފް ސަޕޯޓްގެ 10 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑްގެ 10 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން އެ ކުންފުނީގެ ހުރިހާ އައުޓްލެޓްތަކެެއްގައި ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

“ސަންގު” އަށް މައުލޫމާތު ދެއްވަމުން ލައިފް ސަޕޯޓުން ބުނީ، 10 ވަނަ އަހަރީ ދުވަހާއި ގުޅިގެން ފެށި ހާއްސަ ޕްރޮމޯޝަންގައި ލައިފް ސަޕޯޓްގެ ހުރިހާ އައުޓްލެޓަކުން %10 ގެ ޑިސްކައިންޓު ލިބޭނެ ކަމަށެވެ. މީގެއިތުރުން ލައިފް ސަޕޯޓްގެ އައުޓްލެޓްތަކަށް ޒިޔާރަތް ނުކޮށް، ލައިފް ސަޕޯޓްގެ ފާރމަސީ އެމްވީ އިން އޮންލައިންކޮށް އޯޑަރ ކުރައްވާ ބޭފުޅުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނެ ކަމަށް ލައިފް ސަޕޯޓުން ވަނީ ބުނެފަ އެވެ.

ކުންފުނީގެ އަހަރީ ދުވަހާއި ގުޅިގެން ފެށި މި ހާއްސަ ޕްރޮމޯޝަން 10 ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. އެގޮތުން ހާއްސަ ޕްރޮމޯޝަން މިއަދު ވަނީ ފަށާފަ އެވެ. ލައިފް ސަޕޯޓުން ބުނީ، އެ ޕްރޮމޯޝަން މިމަހުގެ 23ގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ.

ލައިފް ސަޕޯޓްގެ އައުޓްލެޓްތަކުގެ ތެރޭގައި ހިމެނެނީ ލައިފް ސަޕޯޓް އައި.ޖީ.އެމް.އެޗް ފާމަސީ އާއި ކަނބާއައިސާ ރަނި ހިނގުމުގައި ހުންނަ ލައިފް ސަޕޯޓް ވައިޓަލް ކެއާ އާއި، މަޖީދީމަގުގައި ހުންނަ އެލް. އެސް ވައިޓަލް ކެއާރ 7 އާއި، ސޯސަން މަގުގައި ހުންނަ ލައިފް ސަޕޯޓް ސަފަޔަރ އާއ،ި ލައިފް ސަޕޯޓް ހިތަދޫ ފާމަސީ އަދި ލައިފް ފާމާސީގެ އިތުރުން ނިލަންދޫ ފާމަސީ ހިމެނެ އެވެ.

ލައިފް ސަޕޯޓުން ބުނީ، އެ ކުންފުނިން ފާރމަސޫޓިކަލްގެ އިތުރުން، ނިއުޓްރިޝަންލް، މެޑިކަލް ކޮންސިއުމަބަލްސް، ޖެނެރަލް ކޮންސިއުމަބަލްސް ރީޓެއިލް އަދި ހޯލްސޭލް ކުރުމުގެ އިތުރުން ހެލްތްކެއަރ ސާވިސްގެ ހިދުމަތް ދެމުންގެންދާ ކަމަށެވެ. މީގެއިތުރުން، ފާމަސީ.އެމްވީ ގެ ނަމުގައި އޮންލައިންކޮށް ބޭސް އަދި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރިން ކޮސްމެޓިކްސްއާއި ޕާސަނަލް ހައިޖީންއަށް ބޭނުންވާ ތަކެތި އޮންލައިންކޮށް އޯޑަރކުރެވޭނެ އެޕްލިކޭޝަންއެއް ތައަރަފްކޮށް އޮންލައިންކޮށް ވެސް ދަނީ ހިދުމަތް ދެމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: