ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހު އަކީ ބޭރު ބައެއްގެ އެޖެންޓެއް: ޖަމީލް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ކޮންމެ ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހަކަށް ވެއްޖެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅިވީ ބޭރުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓުތައް ހިންގޭގޮތައް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި) ގެ ޕޮލިސީއަށް އިއްޔެ ބަދަލު ގެނައުމާ ގުޅިގެންނެވެ.

އެގޮތުން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއާޕޯޓްތައް ބޭރު ކުންފުނިތަކަށް ދެނީ ހީލަތްތެރިކަމުން، ދިވެހި ބިމާއި ވިޔަފާރިތައް ދިވެހިންގެ އަތުން ފޭރިގަތުމަށް ކަމަށެވެ.

”ރައީސް ސޯލިހުގެ ވެރިކަމުގެ ކޮންމެ ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހަކަށް ވެއްޖެ. ގައުމަށް ނުރައްކާ. ރ. އިބޫއަކީ ބޭރުބައެއްގެ އޭޖެންޓެއްކަން ކަށަވަރު” ޖަމީލް ވިދާޅުވިއެވެ.

އެފްޑީއައި ޕޮލިސީގައި ކުރީގައި އޮންނަ ގޮތުން ނަމަ އެއާ ޓްރާންސްޕޯޓު ހިދުމަތް ރާއްޖޭގައި ދެވޭނީ ބޭރުގެ 75 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށް ފަސް އަހަރުގެ މުއްދަތަށެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ގެޒެޓުކުރި އިސްލާހުގައި ވާގޮތުން އެއްވެސް ދިވެހި ހިއްސާއެއް ނޯންނަ 100 އިންސައްތަ ބޭރުގެ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓުތައް އޮޕަރޭޓު ކުރެވޭނެއެވެ. އެކަން ކުރެވޭނީ ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާއެކު ދިވެހި ސަރުކާރުގެ ހުއްދަ ލިބިގެންނެވެ.

އަދި ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް 100 އިންސައްތަ ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

މި އިސްލާހަށް އިއްޔެ އިން ފެށިގެން އަމަލުކުރަން ވަނީ ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: