ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރިތަކުން ނަގާފައިވާ ލޯނުތަކަށް މޮރެޓޯރިއަމް ހަމަޖައްސާދިނުމަށް އެދި ގަރާރެއް

ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިޔަފާރިތަކުން ނަގާފައިވާ ލޯނުތަކާއި ކްރެޑިޓް ފެސިލިޓީއަށް ހަ މަސް ދުވަހުގެ މޮރެޓޯރިއަމެއް ދޭން ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް އެވެ. އެ ގަރާރުގައި ވަނީ ހަރުކަށި ކޮށްފައިވާ ފިޔަވަޅުތަކާއި އެކު ބައެއް ވިޔަފާރިތަކަށް އާމްދަނީ ލިބުން އެއްކޮށް ހުއްޓި، އަނެއްބައި ވިޔަފާރިތަކުގެ އާމްދަނީ ބޮޑުތަނުން ދަށަށްގޮސް، މުވައްޒަފުންގެ މުސާރަ ދިނުމާއި، ވިޔަފާރި ހިންގާ ތަންތަނުގެ ކުލި ދެއްކުންފަދަ ކަންކަމަށް ނުކުޅެދިފައިވާކަމަށެވެ. އަދި ވިޔަފާރިތައް ބަގުރޫޓުވުމުގެ ފުރުސަތު ވަރަށް ބޮޑުވެފައިވާ ކަމަށެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި މީގެކުރިން ވެސް ވިޔަފާރިތަކުގެ އާމްދަނީ ހީނަރުވެގެން ގޮސްދާނެކަމަށް ބަލައި ވިޔަފާރިތަކަށް ލޯނު ދެއްކުމުގައި ލުއިދިނުމުގެ ގޮތުން މޮރެޓޯރިއަމްގެ ފުރުސަތު ފަހިކޮށްދިފައިވާކަން ފާހަގަކުރައްވާ މުމްތާޒް ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ނުލިބި ދިގު މުއްދަތަކަށް ފިޔަވަޅުތައް
ދަމަހައްޓަން ޖެހިދާނެ ކަމަށް ބެލެވޭތީ މޮރެޓޯރިއަމް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ގޮވާލާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: