ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާ ޓްރެފިކްގެ ކޮންޓްރޯލް ބަހުސް: މާނަ އޮޅުނީކަމަށް ފައްޔާޒް ބުނުމުން މައްސަލަ އިތުރަށް ވީ ހޫނު!

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އާޓްރެފިކް އޮޕަރެޝަން އަމިއްލަ ބަޔަކަށް ދޭނެ ވާހަކަ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) ގެ ސިޔާސަތަށް ގެނައި ބަދަލުގައި ބުނެފައި ނޯންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ.

ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއަށް އިކޮނޮމިކް މިނިސްޓްރީން ގެނައި ބަދަލާއި އެކު 100 އިންސައްތަ ހިއްސާވާ ބޭރުގެ ވިޔަފާރިވެރިންނާއި ކުންފުނިތަކަށް ރާއްޖޭގައި އެއާ ޓްރާންސްޕޯޓް ހިދުމަތް ދޭން އެއާޕޯޓްތަކާއި ޓާމިނަލް އޮޕަރޭޓް ކުރެވޭނެ އެވެ. އަދި އެއާ ޓްރާންސްޕޯޓް ހިދުމަތް ދޭން ބޭނުންވާ އެހެނިހެން ހިދުމަތްތައް ކަމުގައި ގްރައުންޑް ސާވިސަސް އަދި އެއާ ޓްރެފިކް ކޮންޓްރޯލް ހަރަކާތްތައް ހިންގުމުގެ ފުރުސަތު އެ އިސްލާހުގެ ދަށުން ކުންފުނިތަކަށް ލިބޭނެ އެވެ. އަދި އެ ކުންފުންޏަކުން ރާއްޖޭގައި ފަސް އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

މީގެ ސަބަބުން ރާއްޖޭގެ އެއާޕޯޓުތައް ކޮންޓްރޯލް ކުރުމުގެ ބާރު ބޭރު ކުންފުނިތަކަށް ލިބޭނެ އެވެ. މިއީ ރާއްޖޭގެ މިނިވަންކަމާއި ގުޅުންހުރި ކަމަކަށްވާތީ މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިއުމާއި ނުރުހުން ވަނީ އަމާޒުވެފަ އެވެ.

މީޑިއާތަކުން ހަބަރު ރިޕޯޓު ކުރުމާއި އެކު އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވެސް ވިދާޅުވީ ދައުލަތާއި ރައްޔިތުންނަށް ފައިދާވާހެން އެއާޕޯޓެއް ހިންގަން ބަޔަކަށް ކުއްޔަށް ދިނުމުގައި މައްސަލައެއް ނެތް ކަމަށެވެ. އެހެން ނަމަވެސް، އެއާޕޯޓެއްގައި ހިމެނޭ އެއާޓްރެފިކް ކޮންޓްރޯލާއި އެއާ ނެވިގޭޝަން ފެސިލިޓީތަކުގެ ކޮންޓްރޯލް ބަޔަކަށް އެއްކޮށް ދޫކޮށްލުމަކީ ކުރަން ހެޔޮވާނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ވައްޑެ ސިފަ ކުރެއްވި ގޮތުން އެއީ ލަގަން ދޫކޮށްލުންފަދަ ކަމެކެވެ.

 

ފާޑުކިއުންތަކާއި އެކު ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފްޑީއައިއަށް ގެނައި އިސްލާހުގައި، ޕްރައިވެޓް އިންވެސްޓަރުންނަށް އެއާ ޓްރެފިކް ކޮންޓްރޯލު އޮޕަރޭޝަން ކުރިއަށް ގެންދެވޭނެވާހަކަ ނޯންނާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ލޯކަލް އަދި ބޭރުގެ އިންވެސްޓަރަކަށްވެސް އެއާ ޓްރެފިކް ކޮންޓްރޯލުގެ މަސައްކަތް ކުރެވޭ ގޮތަކަށް ނޯންނާނެ އިސްލާހުގައި ނޯންނާނެ ކަމަށާއި އަދި ރާއްޖޭގެ ކޮންމެ އެއާޕޯޓެއްގައިވެސް އެކަން ހިނގާނީ ދައުލަތުގެ ބެލުމުގެ ދަށުން ކަމަށެވެ.

 

ފައްޔާޒް އިތުރަށް ވިދާޅުވީ ވިދާޅުވީ އެފްޑީއައިއަށް ގެނައި އިސްލާހުން އެއްވެސް ބައެއްގެ އަތަށް އެއާ ޓްރެފިކް އޮޕަރޭޝަންގެ މަސައްކަތް ދޫކޮށްނުލާނެ ކަމަށެވެ. އެ ހުރިހާ މަސައްކަތެއް ވެސް އެއާޕޯޓުގައި ކުރިޔަށް ގެންދާނީ ދިވެހި ދައުލަތުންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ބޭރު އަދި ދިވެހި ފަރާތެއް ވިޔަސް، އެއާ ޓްރެފިކް އޮޕަރޭޝަން އަމިއްލަ ފަރާތަކަށް ދޫނުކޮށްލާނެ ކަމަށާއި، ހުރިހާ އެއާޕޯޓުތަކެއްގައި އެކަން ކުރާނީ ސީދާ ދައުލަތުން ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ގޮތުން، އިސްލާހު “އޮތް ގޮތުން” ބައެއް މީހުންނަށް އޮޅުން އެރީ އެވެ. އެހެން ނަމަވެސް ފައްޔާޒުގެ އެ ޓްވީޓާއި އެކު މައްސަލަ އިތުރަށް ވީ ގޯހެވެ. އެގޮތުން، އާއްމުން ވަނީ އިބާރާތް ކުރުން ނޯޅޭކަމަށް ބުނެފައެވެ. އަދި އޭގެ ސްކްރީންޝޮޓުތައް އާއްމު ކުރި އެވެ.

އޭގެއިން ދައްކާ ގޮތުން އެއާޕޯޓުގެ އެންޑް އެއާ ޓްރެފިކް ކޮންޓްރޯލް އެކްޓިވިޓީސްތައް އެބައެއްގެ އަތްދަށަށް ދާނެ އެވެ.

މީގެ ކުރިން ވެސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ މައި ދޮރާށި ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި އޭރުގެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދިން މައްސަލަ ވެސް ހޫނު ވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: