ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަގުހުރި އިނާމުތަކާއެކު ކުރިއަށް ގެންދިޔަ ރެޑްވޭވް ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި

ރެޑްވޭވް ރޯދަ ސޭލްގެ ނަސީބުވެރިޔާ ހޮވުން—
ޝެއާރކޮށްލާ ކަހަލަދޯ؟

އަގުހުރި އިނާމުތަކާ އެކު ރެޑްވޭވުން 1 ފެބްރުއަރީ އިން މޭ 31 އަށް ކުރިއަަށް ގެންދިޔަ ރޯދަ ސޭލްގެ މި އަހަރުގެ ސޭލްގެ ނަސީބުވެރިން ހޮވައިފި އެވެ.

ނަސީބުވެރިންގެ ގުރުއަތު ނެގުން ކުރިއަށް ގެންގޮސްފައިވަނީ ރެޑްވޭވް މެގަމޯލް ގައެވެ. ރެޑްވޭވްގެ ފޭސްބުކް ޕޭޖުން އެ އިވެންޓު ވަނީ ވަގުތުން ދައްކާފަ އެވެ.

ރެޑްވޭވްގެ ހުރިހާ ފިހާރައެއްގައި މިދިޔަ ރޯދަ މަހު ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަނުގައި 500ރ. އަށް ވުރެ މަތިން ކޮށްފައިވާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދީފައިވެ އެވެ.

ރެޑްވޭވް އިން ބުނީ އެތައްހާސް ކޫޕަން ލިބުނު ކަމަށާއި އެ ކޫޕަން ތަކުގެ ތެރެއިން ރެޑްވޭވްގެ ބްރޭންޑްތަކުން 20 އިނާމު ހައްގުވާ 10 ފަރާތެއް ހޮވާފައިވާ ކަމަށެވެ.

މީގެ އިތުރުން ގުރުއަތުން ހޮވުނު ފަސް ފަރާތަކަށް 10،000ރ ފައިސާގެ އިނާމު ދީފައިވެ އެވެ.

ޕްރޮމޯޝަނުގެ އެންމެ އަގުބޮޑު އިނާމު 100،000ރ ގެ ފައިސާގެ އިނާމު ލިބޭ ނަސީބުވެރި ފަރާތް ވެސް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ހޮވާފައި ވެއެވެ. އެ އިނާމުގެ ނަސީބު ވެރިއަކަށް ހޮވުނީ އަބްދުލް ބާރީ (ކޫޕަން ނަމްބަރ: 0131069) އެވެ.

ރެޑްވޭވް ރޯދަ ސޭލްގެ ތެރޭގައި ރެޑްވޭވްގެ ފޭސްބުކްގެ ޕޯސްޓްތަކަށް ލައިކް އަދި ޝެއާކޮށް ޓޮޕްފޭން ބެޖް ހޯދި މީހުންގެ ތެރެއިން ފަސް ނަސީބުވެރި ފަރާތް ހޮވާފައިވެ އެވެ. އެގޮތުން އެއްވަނަ އަށް ހޮވުނު ފަރާތަށް 55 އިންޗި ތޮޝިބާ ޓީވީއެއް ދީފައިވެ އެވެ.

ރެޑްވޭވުން ބުނި ގޮތުގައި ހުރިހާ އިނާމެއްގެވެސް އިތުރު ތަފްސީލް ރެޑްވޭވްގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ލިބޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: