ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެޑްވޭވް ރޯދަ ސޭލް 2023 ގެ ނަސީބުވެރިން ހޮވައިފި

ރެޑްވޭވް މޯލްގައި ކުރިއަށް ދިޔަ ލަކީޑްރޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެންމެ ބޮޑު އެއް ސުޕަރމާރކެޓް ޗެއިން؛ “ރެޑްވޭވް” ގެ 15 ފިހާރައިގައި 25 ޖެނުއަރީ އިން ހަރޯދައިގެ ނިޔަލަށް ކުރިއަށްގެންދިޔަ “ރެޑްވޭވް ރޯދަސޭލް 2023” ޕްރޮމޯޝަން ނިމި، ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ.

މި ލަކީޑްރޯ ކުރިއަށް ގެންގޮސްފައިވަނީ ރެޑްވޭވް މެގަމޯލް ގައެވެ. އަދި ރެޑްވޭވްގެ ފޭސްބުކް ޕޭޖުން މި އީވެންޓުވަނީ ވަގުތުން ދައްކާފައިވެއެވެ.

މިޕްރޮމޯޝަންގައި ކަސްޓަމަރުންކުރި 500ރ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއްވަނީ ދޫކުރެވިފައެވެ.

އެގޮތުން އެތައްހާސް ކޫޕަންގެ ތެރެއިން ރެޑްވޭވްގެ ބްރޭންޑްތަކުން 5 އިނާމް ހައްޤުވާ 5 ފަރާތެއްވަނީ ހޮވާފައެވެ.

މީގެ އިތުރުންވެސް 10،000ރ ފައިސާގެ އިނާމް ހައްޤުވާ 5 ފަރާތެއްވެސްވަނީ ހޮވާފައެވެ. އަދި މުބާރާތުގެ އެންމެ އަގުބޮޑު އިނާމް؛ 100،000ރ ގެ ފައިސާގެ އިނާމް ލިބޭ ނަސީބުވެރި ފަރާތްވެސް ވަނީ އެކަމަށް ހާއްސަ ކޮށް ބޭއްވި ރަސްމިއްޔާތުގައި ހޮވާފައެވެ. އެގޮތުން މި އިނާމްގެ ހައްޤުވެރިފަރާތަކަށް ވެގެންދިޔައީ އަހްމަދު (ކޫޕަން ނަމްބަރ: 0016422) އެވެ.

ރެޑްވޭވްއިން މައުލޫމާތު ދެއްވާގޮތުގައި މިއަހަރުގެ ރެޑްވޭވް ރޯދަސޭލް ވެގެންދިޔައީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުޚީބު ލިބިގެންދިޔަ ޕްރޮމޯޝަނަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: