ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލައްކައިން ފައިސާގެ އިނާމް ލިބިގެންދާ ރެޑްވޭވްގެ ރޯދަ ސޭލް ފަށައިފި

ރެޑްވޭވް ރޯދަ ސޭލް 2022 ފަށައިފި / ރެޑްވޭވް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސުޕަރމާކެޓް ވިޔަފާރި ހިންގަމުން އަންނަ ރެޑްވޭވުން 2022 ވަނަ އަހަރުގެ ރޯދަ ސޭލް ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު ފަށައިފި އެވެ.

އެގޮތުން، ރެޑްވޭވް ރޯދަސޭލް ދުރާލާ މިފަހަރު ފަށާފައި މިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކެއްގައި ތިބި ރެޑްވޭވްގެ ކަސްޓަމަރުންގެ އެދުންމަތިން ކަމަށް ރެޑްވޭވުން ވަނީ ބުނެފައެވެ. އަދި މި ޕްރޮމޯޝަންގައި އެކިއެކި އައިޓަމްސްތަކުން ބޮޑެތި ޑިސްކައުންޓުތައް ދެވޭނެކަމަށް ވެސް ބުންޏެވެ.

އެގޮތުން ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ސޭލްގައި، ރެޑްވޭވްގެ ކޮންމެ ފިހާރައަކުންވެސް ކުރައްވާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާނެއެވެ. އަދި މި ޕްރޮމޯޝަންގައި އެންމެ ފާހަގަކޮށްލެވެނީ ނަސީބުވެރި ފަރާތްތަކަށް ކަނޑައެޅިފައިވާ ނަގުދު ފައިސާއިން ގިނަ ބަޔަކަށް ލިބިގެންދާ އިނާމުތަކެވެ.

އެހެންކަމުން، 1 ވަނައަށް ހޮވޭ ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާއިރު ، ނަސީބުވެރި އިތުރު 10 ފަރާތަކަށް 10،000 ރުފިޔާގެ އިނާމު ކަނޑައެޅިފައިވާ ކަމަށް ބަޔާނުގައި ވެއެވެ. އަދި މީގެ އިތުރުންވެސް ރެޑްވޭވް ބްރޭންޑް ތަކުން ގުރުއަތުން ހޮވާލެވޭ 5 ފަރާތަކަށް އަގުހުރި އެތައް އިނާމެއް ލިބިގެންދާނެއެވެ.

މީގެއިތުރުން، ރޯދައަށް ބޭނުންވާ ކާބޯތަކެތީގެ އިތުރުން ހިފާގެންގުޅޭ ސާމާނު ނަން ހުސްކޮށް މިޕްރޮމޯޝަންގެ ތެރޭން ލިބިގެންދާނެއެވެ. އަދި ސޯޝަލް މީޑިއާގައި ރޯދަ ސޭލްގެ ގިނަ ޕްރޮމޯޝަންތަކެއް ހިންގަމުން ދާނެކަމުގައި ރެޑްވޭވުން މައުލޫމާތުދެއެވެ.

ރާއްޖޭގެ ބާޒާރުގައި އެންމެ ކޮލިޓީ ރަނގަޅު މުދާ އެންމެ ހެޔޮއަގުގައި ވިއްކާ ރެޑްވޭވްއިން ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ކުރިއަށް ގެންދާ މި ސޭލްއަކީ ކަސްޓަމަރުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިގެންދާ ޕްރޮމޯޝަނެއް ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: