ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަކަތަ ހޭދަކުރާ މިންވަރު ކުޑަކޮށްދޭ ޝާޕް އޭސީ ރެޑްވޭވްއިން!

ހަކަތަ ހޭދަކުރާމިންވަރު ކުޑަކޮށްދޭކަން ސާބިތުވެފައިވާ ޝާރޕް އޭސީ ރެޑް ވޭވްއިން ވިއްކަން ވަނީ ފަށާފަ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަކަތަ ހޭދަކުރާމިންވަރު ކުޑަކޮށްދޭކަން ސާބިތުވެފައިވާ ޝާރޕް އޭސީ ގެ އައު މުދާ ރެޑްވޭވްއިން ވިއްކަން ފަށައިފިއެވެ.

އެނާރޖީ ކޮންސަންޕްޝަން ކުރާވަރު ނުވަތަ ހަކަތަ ހޭދަކުރާމިންވަރުން ކަނޑައަޅައިދޭން މެލޭޝިއާގެ ސަރުކާރުން އެކުލަވާލާފައިވާ ރޭޓިންއިން 5 ތަރި ލިބި އެންމެ ބޮޑަށް ކަރަންޓު ހަރަދު ކުޑަކޮށްދޭ ޕްރޮޓަކްޓެއްގެ ގޮތުގައި ޝާރޕް އޭސީ ވަނީ ކަނޑައެޅިފަ އެވެ. ޖަޕާންގެ މޮޅު ޖޭޓެކް އިންވާޓަރުގެ އެހީގައި ޝާޕްއަކީ ކަރަންޓު ހަރަދު އެންމެ ކުޑަ އެއް އޭސީއެވެ.

އަދި ހަމަ މިއާއިއެކު ޝާޕް ބްރޭންޑްގެ އޭސީއަކީ އޭގައި ބޭނުންކޮށްފައިވާ ޕްލަޒްމާކްލަސްޓަރ ޓެކްނޮލޮޖީގެ ސަބަބުން މާހައުލުގެ ވައި ވަރަށް އަވަހަށް ތާޒާކޮށްދޭ އޭސީއެކެވެ. ޕްލަޒްމާކްލަސްޓަރ އަޔަން ޓެކްނޮލޮޖީއަކީ ޝާރޕް އިލެކްޓްރޯނިކްސް ކޯރޕަރޭޝަނުން 2000 ވަނައަހަރު އުފައްދާފައިވާ ވައި ސާފުކޮށްދޭ ނިޒާމެކެވެ. އެގޮތުން، މި ނިޒާމުގައި ޕޮސިޓިވް އަދި ނެގެޓިވް އަޔަންސް ވައިގެ ތެރެއަށް ފޮނުވާލާ ވައިގެ ތެރޭގައި ހުންނަ ބެކްޓީރިއާ އަދި ވައިރަސްތައް ނެތިކޮށްލައެވެ.

މީގެއިތުރުންވެސް، ޝާރޕް އޭސީ އިން “ޖެޓް އެއަރ ކޫލިން”ގެ އެހީގައި ހަލުވިކަމާއެކު ތާޒާ ވައި ކޮޓަރިތެރެއަށް ފޮނުވާލާ އަވަހަށް ފިނިކޮށްދެއެވެ. މި އޭސީ ތައްޔާރުކޮށްފައިވަނީ އޭގެ ފިލްޓަރ ފަސޭހަކަމާއެކު ނައްޓާލައި ސާފުކޮށްލެވޭނެފަދަ ގޮތަކަށެވެ. މި އޭސީގެ 4 ސައިޒެއް، އެއް އަހަރު ދުވަހުގެ ވޮރަންޓީއާއި އެކު މިވަގުތު ރެޑްވޭވުން ލިބެންހުރި އިރު، ޝާރޕް ބްރޭންޑަކީ ދިވެހިންގެ ފުރިހަމަ އިތުބާރު ހޯދާފައިވާ ވަރަށް ކޮލިޓީ ރަނގަޅު ބްރޭންޑެއްކަން ފާހަގަކޮށްލެވެއެވެ.

ރެޑްވޭވްއިން ބުނީ އެއަރ ކޮންޑިޝަނަރ ނުވަތަ އޭސީއަކީ ރާއްޖޭގެ މޫސުން އޮންނަގޮތުން ދިވެހިންނަށް ޒަރޫރީ އެއްޗަކަށް މިއަދު ވެފައިވާއިރު ހޫނުގަދަވެ، އޭސީއަކާ ނުލާ ނޫޅެވޭ ވަރަށް ގިނަ ދިވެހިންގެ ދިރިއުޅުމުގެ އަސާސީ އެއްޗަކަށް އޭސީ ވެގެން ގޮސްފައިވާއިރު، ބައްލަވައި ގަންނަވާ އޭސީއަކީ ކޮލިޓީ ރަނގަޅު ފީޗަރސް އެކުލެވިގެންވާ އޭސީއެއްތޯ ބަލައިލުން ވަރަށް މުހިންކަމަށެވެ.

“ރެޑްވޭވްގެ ފިހާރަތަކަށް މިހާރު އައު މުދާ ލިބިފައިވާ، ޝާރޕް ބްރޭންޑުގެ އޭސީ ހާއްސަވަނީ މިހެންވެގެންނެވެ. “އެނާރޖީ ކޮންސަންޕްޝަން” ކުރާވަރު ނުވަތަ ހަކަތަ ހޭދަކުރާމިންވަރުން ކަނޑައަޅައިދޭން މެލޭޝިއާގެ ސަރުކާރުން އެކުލަވާލާފައިވާ ރޭޓިންއިން 5 ތަރި ލިބި އެންމެ ބޮޑަށް ކަރަންޓު ހަރަދު ކުޑަކޮށްދޭ ޕްރޮޓަކްޓެއްގެ ގޮތުގައި ޝާރޕް އޭސީ ވަނީ ކަނޑައެޅިފަ. ޖަޕާންގެ މޮޅު ޖޭޓެކް އިންވާޓަރުގެ އެހީގައި ޝާރޕްއަކީ ކަރަންޓު ހަރަދު އެންމެ ކުޑަ އެއް އޭސީ” އެކުންފުނިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: