ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަފްރަތުގެ ބިލާއި ކޯލިޝަން ޕާޓީތަކުން ދެކޮޅު ހެދުމުން، ދޮންބިލެތް ބޭނުންވަނީ ކޯލިޝަނާއި ވަކިވާން!

ބިލެތްދޫ ދާއިރާގެ މެމްބަރު އާދަމް ހަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުރިހަމަ މުސްލިމަކަށް އަމާޒުކޮށް އޭނާއަކީ “ލާދީނީ މީހެއް” ނުވަތަ “ކާފަރެއްގެ” ގޮތުގައި ސިފަކުރުން ކުށަކަށް ހެދުމަށް ހުށަހަޅާފައިވާ އިސްލާހަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ދެކޮޅު ހަދާފައިވާތީ، ކޯލިޝަނުން ވަކި ވާން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ގޮވާލައިފި އެވެ.

ގާނޫނުލްއުޤޫބާތަށް އަލަށް ގެންނަ އިސްލާހެއްގެ ގޮތުގައި ސަރުކާރުން ހުށަހަޅައި، ހިސާން ސްޕޮންސާރ ކުރައްވާފައިވާ އިސްލާހަކީ ދީނީ އެއްބައިވަންތަކަން ދަމަހައްޓައި، ނަފްރަތު އުފެދޭ ވާހަކަތައް ހުއްޓުމުގެ މަގްސަދުގައި ހުށަހަޅާ އިސްލާހެކެވެ. ބިލްގެ ފުރަތަމަ ކިއުން އިއްވައި، މަޖިލީހުގައި މިއަދު ބަހުސް މަރުހަލާ ކުރިޔަށް ގެންދިޔަ އެވެ.

އިސްލާހަށް ބަހުސް ކުރައްވަމުން މެމްބަރު ހަލީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށައަޅައި ބިލުތަކަކީ ކޯލިޝަންގެ ތެރެއިން މަޝްވަރާކުރެވިގެން ހުށައަޅާ ބިލުތަކެއް ކަމަށެވެ. މިވަގުތު އޮތީ ކޯލިޝަން ސަރުކާރެއް ކަމަށާއި މަޖިލީހަށް ހުށައަޅާ ބިލުތަކަކީ ކޯލިޝަންގެ ތެރެއިން އެއްބަސްވެވިގެން ހުށައެޅޭ ބިލުތަކެއްކަމަށް ހަލީމް ވިދާޅުވިއެވެ.

ޚާއްސަކޮށް ދީނީ ކަންކަމާއި ގުޅުންހުރި ނުވަތަ ރާއްޖޭގެ އިގްތިސާދާއި ގުޅުންހުރި މުހިންމު ބިލުތައް ހުށައަޅާއިރު ކޯލިޝަންގެ ވެރިންނާއި މަޝްވަރާ ނުކުރައްވާނެކަމަށް ގަބޫލު ނުކުރައްވާކަމަށް ހަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގޮތުން މި ބިލަކީ ވެސް ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ވެރިންނާއި މަޝްވަރާ ކުރުމަށްފަހު ހުށައެޅުނު ބިލެކެވެ. އެހެން ނަމަވެސް، ބިލު ހުށައެޅުމާއެކު ބިލާއި ގުޅޭގޮތުން ކޯލިޝަންގެ ޕާޓީތަކުން ވެސް އެކި ވާހަކަތައް ދައްކަން ފެށި ކަމަށާއި ޖުމްހޫރީ ޕާޓީއިން ވެސް މި ބިލަކީ ލާދީނީ ބިލެއްގެ ގޮތުގައި ސިފަ ކުރިކަމަށް ވިދާޅުވިއެވެ.

“ހެނދުނު އިރުއިރު ޖުމްހޫރީ ޕާޓީއިންވެސް މިއީ ލާދީނީ ބިލެކޭ. އަޅުގަނޑުމެން މިއުޅެނީ މިގައުމު ކާފަރު ކުރާށޭ. އާދެ އަޅުގަނޑުމެން މިއުޅެނީ އެއް އިސްލާމަކު އަނެއް އިސްލާމަކާއި ދިމާލަށް ކާފަރެކޭ ގޮވުން ހުއްޓުވަން. ހަގީގަތުގައިވެސް ކާފަރަކަށްވެ އިސްލާމްދީނާއި ދެކޮޅަށް މަސައްކަތްކުރާނަމަ ފުރައްސާރަކުރާނަމަ އެވާހަކަ ދެއްކޭނެ. މިބިލުގައި އިސްލާމްދީނާއި ސީދާ ދެކޮޅު މީހުންގެ ވާހަކަ ނުދެއްކޭނެއޭ ނެތް.” ދޮންބިލެތް

ހަލީމް ވިދާޅުވީ، ބިލުގައި ހުއްޓުވަން މަސައްކަތްކުރަނީ ޓީވީތަކާއި ރަސްމީ ޕޯޑިއަމްތަކުގައި ގޮތް ނޭންގޭ މީހުންގެ ވާހަކަ ދައްކައި އެމީހުންނަކީ ލާދީނީ ބައެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތްކުރާ ކުރުން ކަމަށެވެ. އަދި މިފަދަ ވާހަކަތަކުގެ ސަބަބުން ރާއްޖޭގައި ބިރުވެރިކަން އުފެދޭ ކަމަށާއި ޝެއިހަކު ބުނެލާ ވާހަކައެއްގެ ސަބަބުން މީހުން މަރާ ހިސާބަށް ކަންކަން ދިޔުމަކީ ބިރުވެރިކަމެއްކަމަށް ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ ރާއްޖޭގައި ހިނގާ ބޮޑެތި މަރުތަކުގެ ތުހުމަތުތައް ޝެއިހުންނަށް ކުރެވޭ ކަމަށެވެ. މިއީ ނުރައްކާ ކަމެއްކަމަށާއި މިކަމުގައި އޮތީ ހަމައެކަނި ދީނީ މީހުން ނުވަތަ ޝެއިހުންގެ މައްސަލަ އެކަނި ނޫންކަމަށް ވިދާޅުވިއެވެ. މިފަދަ ކަންކަމުގެ ތެރޭގައި ރާއްޖޭގެ ވެރިކަމަށް ފެން ބޮވައިގެންފައިވާ މީހުންނާއި ރާއްޖޭގައި ވައްކަމާއި ކޮރަޕްޝަން އާންމުކުރަން ބޭނުންވާ މީހުން މީގެ ތެރޭގައި ހިމެނޭކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގައި ތިބި 93،000 މީހުންނަކީ ލާދީނީ މީހުން ނޫންކަމަށާއި މެއި މަހުގެ 6 ވަނަ ދުވަހުގެރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއަކީ އެންމެ ކަންބޮޑުވާންޖެހޭ ކަންތައްކަމަށް ހަލީމް ވިދާޅުވިއެވެ. އެހަމަލާ ދީފައިވަނީވެސް ރަނގަޅަށް ދީނުގެ ކަންކަން ނުދަންނަ ބަޔަކު ލައްވާކަމަށް ހަލީމް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ފަހަތުގައިވަނީ ހަރުކަށި ފިކުރަށް ތާއީދުކުރާ ބައެއްކަމަށް ތުހުމަތުކުރެވެއެވެ. ރައީސް ނަޝީދު ދައްކަވާ ބައެއް ވާހަކަތަކުގެ ސަބަބުން ރައީސް ނަޝީދަކީ ލާދީނީ ބޭފުޅެއްކަމަށް ބައެއް މީހުން ފާހަގަކުރަމުންދާއިރު ރައީސް ނަޝީދަށް ދެވުނު ހަމަލާއަކީވެސް އެކަންކަމާއި ގުޅުވައި ދެވުނު ހަމަލާއެއްކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުށައެޅުއްވި އިސްލާހަކީ ރައީސް ނަޝީދަށް ލާދީނީ ގޮވުން ހުއްޓުވުމަށް ހުށައަޅާފައިވާ އިސްލާހެއް ކަމަށްވެސް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބިލާ ދެކޮޅަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީންވެސް ގަރާރެއް ނެރުނެވެ. އަދި ގިނަ ދީނީ އިލްމުވެރިން ވެސް ވަނީ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވާފައި ވެއެވެ.

ބިލުގައި ވަނީ، މީހުންނާއި މެދު ނަފްރަތުގެ ބަސްތައް ބޭނުން ކުރުން ހުއްޓުވުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އިސްލާހުގައި، އާންމު ތަނެއްގައި ވަކި މީހަކީ އެއީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ބުނެ ވާހަކަ ދެއްކުމާއި، އޭނާގެ އިސްލާމީ އަގީދާއާ ގުޅުވައި ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމެއްގެ ގިތުގައި ހުރި މީހަކު، ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި އެފަދަ އަމަލެއްގައި ބައިވެރިވުމަކީ ކުށެކެެވެ.

އިސްލާހުގައި ހިމަނާފައިވާ ކަންތަކުން މީހެއްގެ ފުރާނައެއް ގެއްލިއްޖެނަމަ އެއީ މަރުގެ އަދަބު ނުވަތަ އުމުރަށް ޖަލަށް ލެވޭނެ ކުށެއްގެ ގޮތުގައި ހިސާން ވަނީ ހިމަނާފައެވެ. މިފަދަ އަމަލެއް ހިންގުމަށް މީހަކު ރަހީނުކޮށް، ޖިސްމާނީ އަނިޔާއެއް ދީ، ބިރު ދައްކައި މަރާލާނެކަމުގެ އިންޒާރު ދޭނަމަ އަދަބަކީ 15 އަހަރުގެ ޖަލު ހުކުމެކެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: