ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމް ދީނަށް ފުރައްސާރަ ކުރި ރުސްތަމްއަށް ހަތަރު މަހުގެ ހުކުމެއް، ބަންދުގައި ހަ މަސް؛ މިއަދު މިނިވަން ވާނެ!

ރުސްތުމް: ހަތަރު މަހުގެ ޖަލު ހުކުމެއް އައި ނަމަވެސް، އޭނާ މިއަދު މިނިވަންވާނެ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް ދީނަށް ފުރައްސާރަކޮށް، އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް އިހާނެތި ބަސްތައް ބޭނުންކުރި މުހައްމަދު ރުސްތުމް މުޖްތަބާ ހަތަރު މަހަށް ޖަލަށް ލާން ހުކުމް ކުރި ނަމަވެސް ބަންދުގެ މުއްދަތު ދުވަސްތައް އުނި ކުރުމުން އޭނާ މިނިވަނވެއްޖެ އެވެ.

ހަތަރު މަސް ދުވަހުގެ ހުކުމެއް އިއްވި، ރުސްތަމް ބަންދުގައި ހުންނަތާ ހަ މަސް ވަނީ ވެފަ އެވެ. މައްސަލައިގައި އޭނާ ހައްޔަރުކޮށް ސައިކޮލޮޖިކަލް އެސެސްމެންޓުތަކެއް ހަދައި، އިސްލާމިކް މިނިސްޓްރީގެ ކައުންސިލިން ސެޝަންތަކެއް ގެންދިޔަ އެވެ.

38 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރު ކުރީ ފާޅުގައި ނިކުމެ، އިސްލާމް ދީނާއި ދެކޮޅަށް ވާހަކަ ދައްކަމުން ގެންދާތީ މީޑިއާތަކުން އެކަން ރިޕޯޓު ކުރަން ފެށުމުންނެވެ. އާއްމުންގެ ކަންބޮޑުވުންތަކަށް ރައްދުދީ ހައްޔަރު ކުރުމުގެ ކުރިން ރުސްތަމް ކުރި ޓުވީޓެއްގައި ވަނީ ކުރިއަށް އޮތް ތަނުގައި ލާދިނީ ބޮޑު ޖަލްސާތައް ވެސް ބާއްވާނެ ކަމަށެވެ. އަދި އިސްލާން ދީނަކީ ލޭއޮހޮރުވައިގެން ފަތުރާފައިވާ ލާއިންސާނީ ދީނެއްކަމަށް ބުނެ ދީނަށް ފުރައްސާރަ ކުރިއެވެ.

ޝަރީއަތުގެ މަރުހަލާގައި ކުށަށް އިއުތިރާފުވުމުން، ރުސްތަމްގެ މައްޗަށް ހުކުމް އިއްވީ އަވަސް ނިޔާގެ ދަށުންނެވެ. އެހެންވެ އޭނާގެ މައްޗަށް އުފުލި ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ސާބިތުވީ އެވެ. ގާނޫނުލްއުގޫބާތުގައި ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް ކުށަށް އިއުތިރާފުވުމުން އޭނާގެ އަދަދު ތިން މަހާއި 18 ދުވަހަށް ދަށްވީ އެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ އަދަބަކީ އެއް މަހާއި 06 ދުވަށް ޖަލަށްލުން ނަމަވެސް ކުށަށް އިއުތިރާފުވުމުން އެ އަދަދު ލުއިވީ 27 ދުވަހަށެވެ.

ރުސްތަމްގެ ކުށުގެ އަދަބު މަތި ކުރުމަށް ދައުލަތުން އެދިފައި ނުވެ އެވެ. އަދި ޝަރީއަތިގައި ބުނީ އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލުގެ ދަށުން އަދަބުގެ މިންވަރު ދަށް ކުރުމުން އެ ކުށުގައި ރުސްތަމްއަށް ދެވޭނީ 13 ދުވަހުގެ ޖަލު ހުކުމެއްކަމަށެވެ. އެހެންވެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ހުކުމް ކުރީ، ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގައި ތިން މަހާއި 18 ދުވަސް އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި ރުސްތަމް 13 ދުވަހަށް ޖަލަށް ލުމަށެވެ. ހުކުމުގައި ގާޒީ ވިދާޅިވީ ރުސްތަމް ބަންދުގައި ހަ މަސް ހޭދަކޮށްފައިވާކަމަށާއި، ގާނޫނުގައި ވާ ގޮތަށް އެ މުއްދަތު ހުކުމުން އުނި ކުރަން ޖެހޭ ކަމަށެވެ. މި މުއްދަތު އުނި ކުރުމުން އޭނާ އިތުރަށް ދުވަސްތައް ޖަލުގައި ހޭދަ ކުރަން ނުޖެހޭތީ، މިއަދު މިނިވަން ވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: